English Edition
Dhivehi Edition

ރެފްލްޒް މޯލްޑިވްސް މެރަދޫ ރިޒޯޓް ކައިރިން ލޯންޗެއްގައި އަލިފާން ރޯވެއްޖެއެވެ.

އެމްއެންޑީއެފުން ބުނީ މިހާރު އަންނަނީ ގދ. ތިނަދޫގައި ހުންނަ އެމްއެންޑީއެފް ފަޔަ ސްޓޭޝަނުން ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކުރަމުން ކަމަށެވެ. ތިނަދޫ އަކީ ރޯވި ލޯންޗް އޮތް ހިސާބާ އެންމެ ކައިރީ އޮންނަ މީހުން އުޅޭ ރަށެވެ.

ލޯންޗުގައި ވަރަށް ބޮޑަށް އަލިފާން ރޯވެފައިވާއިރު މިހާދިސާގައި އެއްވެސް މީހަކަށް ގެއްލުމެއް ލިބުނުކަމުގެ މައުލޫމާތެއް ނުލިބެއެވެ.