English Edition
Dhivehi Edition
މޯލްޑިވްސް ސާފިންގ އެސޯސިއޭޝަން އިން އިންތިޒާމްކޮށްގެން ބާއްވާ 2022 ވަނަ އަހަރުގެ ޤައުމީ ރާޅާއެޅުމުގެ ލީގުގެ ފުރަތަމަ މުބާރާތް ގދ.ގައްދޫގައި ބޭއްވުމަށް ނިންމާ، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.
މޯލްޑިވްސް ސާފިންގ އެސޯސިއޭޝަނުން މިއަދު ކުރި އިއުލާނެއްގައި ބުނެފައިވަނީ މި މުބާރާތް ކުރިއަށް ދާނީ މިއަހަރުގެ ފެބްރުއަރީ މަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހާއި ހަމައަށް ގދ.ގައްދޫގައި ކަމަށެވެ.
މި މުބާރާތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކުން، އެ އެސޯސިއޭޝަންގެ ލައިވްހީޓްސް ޕޭޖު މެދުވެރިކޮށް ރަޖިސްޓްރީކުރުމުގެ ފުރުސަތު ހުޅުވާލާފައިވާކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ. މި މުބާރާތުގައި ބައިވެރިވުމަށް ރަޖިސްޓްރީ ކުރުމުގެ އެންމެ ފަހުގެ ތާރީހަކީ މި މަހުގެ 17 ވާ ބުރާސްފަތި ދުވަސްކަމަށް އެ އެސޯސިއޭޝަނުން ވަނީ ބުނެފައެވެ.
މީގެ އިތުރުން އެ އެސޯސިއޭޝަނުން ބުނީ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ގައްދޫ މިވަގުތު މޮނީޓަރިންގ ހާލަތުގައި އޮތުމާއެކު 17 ވަނަ ދުވަހުގެ ނިޔަލަށް މޮނިޓަރިންގެ ހާލަތަށް ބަދަލެއް ނައިސްފިނަމަ މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވާ ތީރީހް ބަދަލުކުރެވޭނެކަމަށެވެ.