English Edition
Dhivehi Edition

ކުރިއަށް އޮތް ރިޔާސީ އިންތިހާބު އިދިކޮޅު ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނަށް ކާމިޔާބު ކުރެވޭނެކަމުގެ ޔަގީންކަން، ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގެ ނަތީޖާއިން ލިބިއްޖެ ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ، (އަދުރޭ) ވިދާޅުވެއްޖެއެވެ.

އިންތިހާބުގެ ނަތީޖާއަށްފަހު ކުރެއްވި ޓުވީޓުގައި އަދުރޭ ވިދާޅުވީ ވަރުބަލިވުމެއް ނެތް ކަމަށާއި ދެން ނިކުންނާނީ އަދި މާވަރުގަދަކޮށް ކަމަށެވެ. އަދި މަސައްކަތް ނިންމާނީ ރައީސް ޔާމީން 2023 ގައި ވެރިކަމަށް ހޮވާފައި ކަމަށް ވެސް އަދުރޭގެ ޓުވީޓްގައި ވަނީ ވިދާޅުވެފައެވެ

އެމްޑީޕީގެ ކެންޑިޑޭޓް މުހައްމަދު ރާޝިދާ ވާދަކޮށް ޕީޕިީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީ ވަނީ 240 އެއްހާ ވޯޓުން ބަލިވިނަމަވެސް އިދިކޮޅު ކޯލިޝަނުން ބުނީ އެއީ ކާމިޔާބީ ކަމަށެވެ. އަދި އިންތިހާބު އެމްޑީޕީއަށް ކާމިޔާބު ކުރެވުނީ ނުފޫޒު ފޯރުވައިގެން ކަމަށާއި އެ ނަތީޖާ ގަބޫލު ނުކުރާނެ ކަމަށްވެސް އިދިކޮޅުން ވަނީ ބުނެފައެވެ.