English Edition
Dhivehi Edition
Catalan President Carles Puigdemont signs a declaration of independence at the Catalan regional parliament in Barcelona, Spain, October 10, 2017. REUTERS/Albert Gea

ސްޕެއިން ވަކިވެ މިނިވަން ކަން އިއުލާން ކުރަން މިއަދު މިއަދު ހަމަޖެހިފައިވާ ކެޓެލޯނިއާ، މިނިވަންކަން އިއުލާން ކުރުން ފަސްކޮއްފިއެވެ.

ކެޓެލޯނިއާ ސަރަހައްދުގެ ރައްޔިތުންގެ މަޖިލީހުގައި މިނިވަން އިއުލާން ކުރަން މިއަދު ބޭއްވި ޖަލްސާގައި، ގައުމުގެ އިންތިޤާލީ ރައީސް ކާލްސް ޕުއިގްޑެމޮންޓް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވެފައި ވަނީ މިވަގުތަކަށް މިނިވަންކަން އިއުލާން ނުކުރާނެކަމަށެވެ.

ޕުއިގްޑެމޮންޓް ވިދާޅުވީ މިނިވަން އިއުލާން ކުރުން ފަސްކޮއްފައިވަނީ އެ ގައުމުން ސްޕެއިންގެ މައިސަރުކާރާ އެކު އެސަރަހައްދުގެ ކުރިމަގާއި މެދު މަޝްވަރާ ކުރުމަށް ފުރުސަތު ދިނުމަށެވެ.

“އަހަރެން ކެޓެލޯނީއާ މިނިވަން ދައުލަތެއްގެ ގޮތުގައި ކުރިއަށް ދިއުމަށް ނިންމަން. ނަމަވެސް މިނިވަންކަން މިވަގުުތު އިއުލާން ނުކުރުމަށް އެދެން. އެއީ މަޝްވަރާތަކަށް ފުރުސަތު ދިނުމަށް” ފުއިގްޑެމޮންޓް ތަޤްރީރު ކުރެއްވިއެވެ.

މިނިވަން އިއުލާން ނުކުރި ނަމަވެސް އެނާއާއި އެކު ސިޔާސީ ބައެއް ފަރާތްތަކުން މިނިވަންކަމުގެ ޑެކްލަރޭޝަންގައި ސޮއިކޮއްފައެވެ. މިއީ ގާނޫނީ ގޮތުން ކިހާ ބާރެއް އޮތް ލިއެ ކިއުމެއް ކަން އަދި މިހާތަނަށް އެނގިފައެއް ނެތެެވެ.

ސޮއި ކުރެވުނު ލިއެކިމުގައި ވާ ގޮތުން ދުނިޔޭގެ ހުރިހާ ގައުމަތަކަށާއި ޖަމާއަތްތަކަށް ކެޓެލޯނީއާ އަކީ މިނިވަން ދައުލަތެއް ކަމުގައި ބަލައިގަތުމަށް ވަނީ ގޮވާލާފައެވެ. އަދި ކެޓެލޯނީއާ ސަރުކާރުން މިނިވަން ޖުމުހޫރީ ދައުލަތެއް ގާއިމު ކުރުމަށް ކުރަން ޖޭހެ ހުރިހާ ކަމެއް ކުރުމަށް ވަނީ އަމުރު ކޮއްފައެވެ.

ޕުއިގްޑެމޮންޓްގެ ތަޤްރީރު ވެގެންދިޔައީ މިނިވަންކަން ފާހަގަ ކުރުމަށް އެއްވެފައި ތިބި އެތަށް ހާސް ބަޔަކަށް ހިތާމަ ވެރި ހަބަރަކަށެވެ.

މިއަދު މިނިވަންކަން އިއުލާން ކުރުން ފަސްކޮއްފައިވާއިރު، ސްޕެއިންގެ ބޮޑުވަޒީރު މަރިއާނޯ ރަޖޯއި އަދި ޔޫރަޕިއަން ކައުންސިލުގެ ރައީސް ޑޯނަލްޑް ޓަސްކް ވެސް ވަނީ މިނިވަންކަން އިއުލާން ނުކުރުމަށް ޕުއިގްޑެމޮންޓް އަށް ގޮވާލާފައެވެ.

ޕުއިގްޑެމޮންޓްގެ ސަރުކާރަށް ދިޔައީ ހުރިހާ ކޮޅަކުން ފިއްތުންތަކާ ކުރިމަތި ވަމުންނެވެ. އެގޮތުން ޔޫރަޕިއަން ޔޫނިއަން އިން ވަނީ ސްޕެއިންއަށް މިމައްސަލަ ހައްލު ކުރެވޭނެ ކަމުގެ ފުރިހަމަ އިތުބާރު އޮތް ކަމަށް ބުނެފައެވެ.

ކެޓެލޯނިއާ އިން މިނިވަންކަން އިއުލާން ކުރުމަށް ވަނީ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގާފައެވެ. އެ ސަރަހައްދުގެ ސަރުކާރުން ވަނީ އެ ވޯޓުގައި 90 އިންސައްތަ މީހުން މިނިވަން ވާން ބޭނުންވާ ކަމަށް ބުނެފައެވެ. ނަމަވެސް ވޯޓުލާން ގޮސްފައިވަނީ އާބާދީގެ 43 އިންސައްތަ މީހުންނެވެ.

ކެޓެލޯނިއާ މިނިވަން ދައުލަތެއް ގޮތުގައި ޤަބޫލު ނުކުރާނެ ކަމަށް ސްޕެއިން ވަނީ ބުނެފައެވެ. އަދި ޔޫރަޕިއަން ޔޫނިއަން އިން ބުނެފައި ވަނީ މިނިވަންކަން ޤާނޫނާ އެއްގޮތަށް ކުރިއަށް ގެންދިޔަ ނަމަވެެސް އެ ޖަމާއަތުގެ ގައުަމަކަށް ކެޓެލޯނިއާ ނުވާނެ ކަމަށެވެ.