English Edition
Dhivehi Edition
ފުލުހުން ސިނަމާލެ ބްރިޖުގެ ޓްރެފިކް ބަލަހައްޓަނީ - ފޮޓޯ: ޕޮލިސް

ގިނަ އަދަދެއްގެ ބަނގުރަލާއެކު ހައްޔަރުކުރި ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖަހައިފިއެވެ،

ފުލުހުންގެ ޑްރަގް އެންފޯސްމެންޓް ޑިޕާޓްމެންޓުން ރޭ ކުރިއަށް ގެންދާ އޮޕަރޭޝަންގައި ގިނަ އަދަދެއްގެ ބަނގުރާ ފުޅިތަކެއް އަތުލައިގެންފައިވަނީ ޖަނަވަރީ މަގުގައި ހުންނަ ގެއަކުންނެވެ.މި މައްސަލައިގައި ދެ މީހަކު ހައްޔަރުކޮށްފައިވާއިރު، މައުލޫމާތު ލިބިފައިވާ ގޮތުން، ހައްޔަރުކޮށްފައިވާ އެކަކީ ސިފައިންގެ މީހެކެވެ،

އެ މައްސަލައިގައި ހައްޔަރު ކުރި ސިފައިންގެ މީހާގެ ބަންދަށް 10 ދުވަސް ޖެހިއިރު، އަނެއް މީހާގެ ބަންދަށް ޖެހީ ފަސްދުވަހެވެ،

މި އޮޕަރޭޝަނާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ފުލުހުން ހާމަކޮށްފައިނުވާއިރު ސިފައިންގެ މީހަކު ހައްޔަރު ކުރިކަން ވެސް އަދި މިހާތަނަށް ރަސްމީ އެއްވެސް އިދާރާއަކުން ކަށަވަރު ކޮށް ދީފައެއް ނުވެއެވެ،