English Edition
Dhivehi Edition

ދިވެހިންނަށް ވިސާ ނެތި ތުރުކީއަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށް އެއްބަސްވުމެއްގައި ސޮއި ކުރުމަށް ނިންމައިފި ކަމަށް ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ވިދާޅުވެއްޖެއެވެ.

މިނިސްޓަރު ޝާހިދު މިކަން ހާމަކުރައްވާފައިވަނީ ،ޝާހިދުގެ ރަސްމީ ދައުވަތަކަށް ރާއްޖެ ވަޑައިގެންނެވި ތުރުކީގެ ޚާރިޖީ ވަޒީރު މެވްލޫތް ޝަވްޝަގްލޫއާއެކު ބޭއްވި ރަސްމީ މަޝްވަރާތަކަށްފަހު ނޫސްވެރިންނާ ބައްދަލުކުރައްވަމުންނެވެ.

މި ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ މިހާރުވެސް ދިވެހިންނަށް ތުރުކީ އަށް ދަތުރުކުރުމުގައި އީ-ވިސާ ނެގޭނެ އިންތިޒާމް ހަމަޖެހިފައިވާ ކަމަށެވެ.

ވިސާ ފްރީ އެއްބަސް ވުމެއް ގާއިމު ކުރުމަށް ތުރުކީގެ ސަރުކާރަށް ހުށަހަޅުއްވާފައި ވާނެ ކަން ހާމަކުރައްވަމުން ޝާހިދު ވިދާޅުވީ އެ ގައުމުން މިހާރު އެކަމަށް އެއްބަސް ވެފައިވާ ކަމަށެވެ. އެހެންކަމުން އެ ގައުމަށް ވިސާ ނެތި ދަތުރުކުރެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށް ޝާހިދު ވިދާޅުވިއެވެ،

ތުރުކީގެ ފޮރިން މިނިސްޓަރު ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި ދެގައުމުގެ ދެމެދުގައި ހަތަރު އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.