English Edition
Dhivehi Edition

އައްޑޫ ސިޓީ ހުޅުދޫ ބަނދަރު މަޝްރޫޢުގެ 81 އިންސައްތަ މަސައްކަތް ނިމިއްޖެ ކަމަށް އެ މަސައްކަތް ކުރާ ކުންފުނި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ބުނެފިއެވެ.

އެ ކުންފުނިން ބުނީ އެއްގަމުތޮށި ލުމުގެ މަސައްކަތުގެ 89 އިންސައްތަ ވެސް މިހާރުނިމިފައިވާ ކަމަށެވެ.
މި މަޝްރޫއުގެ ދަށުން 88,623 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކޮށް، 114 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލާ، 624 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމަށް ވަނީ ނިންމާފައެވެ. އަދި 742 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށި ލުމުގެ މަސައްކަތް ވެސް މަޝްރޫޢު ގައި ހިމެނެއެވެ.
މީގެއިތުރުން 2250 އަކަ މީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، މަގު ބައްތި ޖެހުން ވެސް މި މަޝްރޫޢުގައި ހިމަނާފައިވެއެވެ.
މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުއަކީ 66.3 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.