English Edition
Dhivehi Edition
ވެލާނާ ބިލްޑިންގް --- ސަން ފައިލް ފޮޓޯ

ފެބްރުއަރީ 3 ވާ ބުރާސްފަތި ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ހަމަޖައްސަވައިފި އެވެ.

ރައީސް އޮފީހުން ބުނީ، އެ ގޮތަށް ނިންމެވީ އެއީ ރައްޔިތުންގެ މަޖިލީހަށް ރިޔާސީ ބަޔާން އިއްވާ ދުވަސް ކަމަށް ވާތީ ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުން ވިދާޅުވީ ފެބްރިއަރީ 3 ވަނަ ދުވަހު ހެނދުނު 9:00 ގައި ބާއްވާ މި ޖަލްސާ ގައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވެވުން ނޫން އިތުރު ކަމެއް ނޯންނާނެ ކަމަށާއި މަޖިލީހުގެ ރަސްމީ މަސައްކަތްތައް ފަށަނީ އޭގެފަހުން ބާއްވާ ޖަލްސާތަކުގައި ކަމަށެވެ

ރިޔާސީ ބަޔާނަކީ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 84 ވަނަ މާއްދާގައިވާ ގޮތުގެމަތިން ރައީސުލްޖުމްހޫރިއްޔާ އިއްވަވަންޖެހޭ ބަޔާނެކެވެ.

ރިޔާސީ ބަޔާން އިއްވާ ދުވަހަކީ ސަރުކާރު ބަންދު ދުވަހެއްގެ ގޮތުގައި ރައީސް އޮފީހުން ކަނޑައަޅާފައިވަނީ ޖެނުއަރީ 21، 2019 ގައެވެ