English Edition
Dhivehi Edition

ފެނަކަ ކޯޕަރޭޝަނުން ނަޑެއްލާ ސްކޫލުގައި ނަމާދުކުރާ ތަނެއް ތަރައްޤީކޮށްފިއެވެ.

ފެނަކަ ކޯޕަރޭޝަންގެ ސީ.އެސް.އާރް ނުވަތަ ހިލޭ އެހީގެ ދަށުން ތަރައްގީކުރި މި ނަމާދުގެ އިއްޔެ ވަނީ ރަސްމީކޮށް ހުޅުވައި ބޭނުންކުރަން ފަށާފައެވެ.

އެގޮތުން ފެނަކައިން ވަނީ ދެ ޖިންސުގެ ދަރިވަރުންނަށް ވަކިން ނަމާދުކުރެވޭ ގޮތަށް ނަމާދުގޭގައި ދެކޮޓަރި ތަރައްގީކޮށްފައެވެ. އަދި އެ ދެ ކޮޓަރީގައިވެސް ވަކިން ވުޅޫ ކުރެވޭނެ އިންތިޒާމްވެސް ވަނީ ހަމަޖައްސާފައެވެ.

ނަމާދުގެ އިމާރާތްކުރުމުގެ މަސައްކަތް ކޮށްފައިވަނީ ނަޑެއްލާ ފެނަކަ ބްރާންޗުގެ ކޮންސްޓްރްކްޝަން މުވައްޒަފުންނެވެ. ފެނަކައިން ބުނީ، އެފަދަ ސީއެސްއާރް ޕްރޮޖެކްޓުތަކުގެ ޒަރީއާއިން މުޖުތަމައުއަށް ހިދުމަތް ކޮށްދިނުމަކީ ފެނަކައަށް ލިބޭ އުފަލެއް ކަމަށެވެ.

ނަޑެއްލާ ސްކޫލުގައި ނަމާދު ގެއެއް އިމާރާތްކުރުމަކީ އެ ސްކޫލުގެ ދަރިވަރުންނާއި، ބެލެނިވެރިންގެވެސް ވަރަށް ބޮޑު އުއްމީދެކެވެ.