English Edition
Dhivehi Edition
ކުޅުުދުއްފުށި ސިޓީ - ފޮޓޯ: ކުޅުުދުއްފުށި ސިޓީ ކައުންސިލް

ދިވެހި ރައްޔިތެއްކަން އަންގައިދޭ ކާޑު ހެދުމުގެ ޚިދުމަތް ކުޅުދުއްފުށި ކައުންސިލުން ދިނުމަށް ނިންމައިފިއެވެ.

ކުޅުދުއްފުށީ ކައުންސިލުން ކުރި އިޢުލާނެއްގައި ބުނެފައި ވަނީ 20 ޑިސެމްބަރ 2020 ވަނަ ދުވަހުން ފެށިގެން ހދ. ކުޅުދުއްފުށިން އައިޑީ ކާޑު ހެދުމުގެ ޚިދުމަތް ލިބިވަޑައިގަންނަވާނީ އެ ކައުންސިލްގެ އިދާރާއިން ކަމުގައެވެ.

މީގެ އިތުރުން އެ ޚިދުމަތް ދިނުމަށް ހަމަޖެހިފައި ވަނީ ރަސްމީ ކޮންމެ ދުވަހަކު ހެނދުނު 08:15 އިން 11:00 އަށް ކަމަށާއި، އައިޑީ ކާޑު ދޫކުރަން ހަމަޖެހިފައިވަނީ ރަސްމީ ކޮންމެ ދުވަހެއްގެ ވެސް 11:00 އިން 12:00 އަށް ކަމަށްވެސް އިޢުލާނުގައި ވެއެވެ.

އަދި މިފަދަ ކަންކަމުގައި އާންމުންގެ ފަރާތުން ލިބޭ އެއްބާރުލުން ފާހަގަކޮށް ޝުކުރު ދަންނަވާ ކަމަށްވެސް ކައުންސިލުން ބުންޏެވެ.