English Edition
Dhivehi Edition

އުރީދޫގެ އާންމު ހިއްސާދާރުންގެ ފަރާތުން ކުންފުނީގެ ބޯޑަށް އިންތިހާބުކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލައިފިއެވެ.

މި މަގާމަށް ކުރިމަތިލުމުގެ ފުރުސަތު އެންމެ ފުރަތަމަ ހުޅުވާލީ މިދިޔަ މަހުއެވެ. އުރީދޫއިން ބުނީ ކޮވިޑުގެ ހާލަތާ ގުޅިގެން ލިޔެކިޔުންތައް ހަމަ ކުރުމަށް ގިނަ ފަރާތްތަކަށް ދަތިވެފައިވާ ކަން އެ ކުންފުންޏަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި ކުރިމަތިލުމުގެ ފުރުސަތު އަލުން ހުޅުވާލީ ހުށަހަޅަންޖެހޭ ލިޔެކިޔުންތައް ފުރިހަމަކުރުމުގެ ފުރުސަތު ހުރިހާ ފަރާތްތަކަށް ވެސް ހަމަހަމަ ކަމާއެކު ދިނުމަށް ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

އުރީދޫ ބޯޑަށް ކުރިމަތިލުމުގެ ސުންގަޑިއަކީ މި މަހުގެ 27 ވަނަ ދުވަހުގެ 14:00 އެވެ. މި މާގަމަށް ކުރިމަތިލުމުގެ ޝަރުތުތަކުގެ ތެރޭގައި ސަރުކާރުގެ، ނުވަތަ އަމިއްލަ ކުންފުންޏެއްގެ އިސް މަގާމެއްގައި މަދުވެގެން ދިހަ އަހަރު ދުވަހުގެ ތަޖުރިބާއާއި، ބައިނަލްއަގުވާމީ ފެންވަރުގެ ޔުނިވާސިޓީއަކުން ޑިގުރީ ހާސިލު ކޮށްފައިވުން ހިމެނެއެވެ. މީގެއިތުރުން އެ މަގާމަށް ކުރިމަތިލާ މީހުންނަކީ ތެދުވެރިކަމާއެކު މުއާމަލާތް ކުރާ، މަގާމުގެ ހައިސިއްޔަތުން ނިންމަންޖެހޭ ނިންމުންތައް ނިންމުމުގެ ގާބިލުކަން ހުރި މީހުންނަށް ވާންޖެހެއެވެ.

މީގެ އިތުރުން އެ ކުންފުނިން ބުނީ،ކުންފުނީގެ ޖެންޑާ ޑައިވާސިޓީ ސިޔާސަތުގެ ދަށުން، ބޯޑަށް އަންހެނުން ކުރިމަތިލުމަކީ އުރީދޫއިން ބާރުއަޅާ ކަމެއް ކަމަށެވެ.

ޓެގު