English Edition
Dhivehi Edition

ޒުވާނުންނަށް މަސައްކަތުގެ މާހައުލުގައި ތިބެގެން ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ފަހިކޮށްދިނުމަށްޓަކައި 26 ފުރުސަތު ހުޅުވާލައިފިއެވެ.

މިއީ ސްޓޭޓް ޓްރޭޑިންގ އޮގަނައިޒޭޝަން (އެސްޓީއޯ) އާއި މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެންޕަވަރމަންޓް އާއި ގުޅިގެން ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން ތަމްރީނުވުމަށް ހުޅުވާލި ފުރުސަތުތަކެކެވެ.

ނޭޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމްގެ ދަށުން އެސްޓީއޯ ގެ ފަރާތުން ތަފާތު ގިނަ ދާއިރާތަކަކުން ޒުވާނުން ތަމްރީނުކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މީގެ ތެރޭގައި އިލެކްޓްރިކަލް އިންސްޓަލޭޝަން އެންޑް މެއިންޓަނެންސް، އޮޓޮމޯޓިވް މެއިންޓަނަންސް، ރީޓެއިލް ސާވިސަސް، މީޑިއާ ޕްރޮޑަކްޝަން، ފޮޓޯގްރަފީ އަދި ރެފްރިޖެރޭޝަން އެންޑް އެއަރ ކޮންޑިޝަނިންގ މެކޭނިކްގެ ދާއިރާއިން ތަމްރީނުކުރުމަށް ޖުމްލަ 26 ފުރުސަތު ދިނުމަށް ނިންމާފައިވެއެވެ.

މި ފުރުސަތުތަކަށް އެދި ފޯމު ހުށައެޅުމުގެ ފުރުސަތު 23 ޖަނަވަރީ ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ.

އެސްޓީއޯގެ ފަރާތުން ތަމްރީނުވާ ބައިވެރިންނަށް އެލަވަންސްއެއްގެ ގޮތުގައި މަސައްކަތުގައި ހޭދަކުރާ ކޮންމެ ގަޑި އިރަކަށް 40 ރުފިޔާ ދިނުމަށް އެ ކުންފުނިން ވަނީ ހަމަޖައްސާފައެވެ.

މި ޕްރޮގްރާމްގައި ބައިވެރިވުމަށް ފޯމު ހުށަހެޅުއްވުމަށް:

https://forms.gle/vkM2NHGbgjcx8pwF6

އަދި މިކަމާ ގުޅޭގޮތުން އިތުރު މަޢުލޫމާތު ބޭނުންވެލައްވާނަމަ:

1456 އަށް ގުޅުއްވައިގެން ނުވަތަ [email protected] އަށް އީމެއިލް ކޮށްގެން މަޢުލޫމާތު ސާފު ކުރެވޭނެއެވެ.

ނެޝަނަލް އެޕްރެންޓިސްޝިޕް ޕްރޮގްރާމަކީ މަސައްކަތު މާހައުލުގައި ތިބެގެން ތަޖުރިބާކާރުންގެ ބެލުމުގެދަށުން މަސައްކަތްތައް ދަސްކޮށް، ތަމްރީނާއި ތަޖުރިބާ ހޯދުމުގެ ފުރުސަތު ގައުމީ ފެންވަރުގައި ހުޅުވާލުމަށް ހިންގާ ހާއްސަ ޕްރޮގްރާމެކެވެ. މި ޕްރޮގްރާމްގެ މުއްދަތަކީ 6 މަސްދުވަހެވެ.

މި ޕްރޮގްރާމް ފުރިހަމަކުރައްވާ ފަރާތްތަކަށް ދިވެހިރާއްޖޭގެ ގައުމީ ސަނަދުގެ އޮނިގަނޑުގެ ލެވެލް 3 (ތިނެއް) ގެ ސެޓްފިކެޓެއް ލިބިވަޑައިގަންނަވާނެއެވެ.