English Edition
Dhivehi Edition

ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ޑާޓާ ހަދިޔާ ކުރުމުގެ ޚިދުމަތް ތަޢާރަފްކޮށްފިއެވެ.

ރާއްޖޭގެ މުވާސަލާތީ އެންމެބޮޑު ކުންފުނި، ދިރާގުން ބުނީ ދިރާގު އެޕްލިކޭޝަން މެދުވެރިކޮށް ދިރާގުގެ އެހެން ކަސްޓަމަރުންނަށް ޑޭޓާ ހަދިޔާކުރެވޭ ގޮތް ހަދާފައިވާ ކަމަށެވެ.

މިއީ ޕޯސްޓް ޕެއިޑާއި ޕްރީޕެއިޑް ކަސްޓަމަރުންނަށް ވެސް ޑޭޓާ ހަދިޔާ ކޮށްލެވޭނެ ޚިދުމަތެއް ކަމަށާއި ގިފްޓް ކުރެވޭ ތަފާތު އެކި އެޑްއޮންސްތައް ހުންނާނެ ކަމަށް ދިރާގުން ބުންޏެވެ.

ޕޯސްޓް ޕެއިޑް ކަސްޓަމަރުން މި ޚިދުމަތް ބޭނުން ކުރުމުން ޗާޖް ކުރާނީ އެމަހުގެ ފޯން ބިލަށް ކަމަށާއި ޕްރިޕެއިޑް ކަސްޓަމަރުން ޑޭޓާ ގިފްޓު ކުރުމުން ޗާޖުވާނީ ފޯނުގެ ބެލެންސް އިން ކަމަށް ވެސް ދިރާގުން ބުންޏެވެ.

ޓެގު