English Edition
Dhivehi Edition

ކޭބަލަކަށް ގެއްލުންވެ، ހިޔާ ފްލެޓުން ކަރަންޓާއި ފެނުގެ ޚިދުމަތް މެދުކެނޑިއްޖެއެވެ.

ސްޓެލްކޯ އިން ބުނީ ހުޅުމާލޭގެ ހިޔާފްލެޓްތަކަށް ކަރަންޓު ދިނުމަށް އަޅާފައިވާ ކޭބަލަކަށް ކޮނުމުގެ ތެރޭގައި ގެއްލުންވެ، ހިޔާ ފްލެޓްތަކުން ވަނީ ކަރަންޓު ކެނޑިފައި ކަމަށެވެ. އެ މައްސަލަ ހައްލުކޮށް ވީއެންމެ އަވަހަކަށް ކަރަންޓު ދިނުމުގެ މަސައްކަތް ދަނީ ކުރެވެމުން ކަމަށް ސްޓެލްކޯ އިން ބުނެއެވެ.

ކަރަންޓު ކެނޑުމުގެ ސަބަބުން ހިޔާ ފްލެޓްތަކުގައި ދިރިއުޅޭ މީހުންނަނަށް ދިމާވާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މާފަށް އެދިފައެވެ. އަދި ފްލެޓުތަކަށް އަލުން ކަރަންޓު ދޭން ގާތްގަނޑަކަށް ތިން ގަޑި އިރު ނަގާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.

ކަރަންޓް ކެނޑުނު އިރު ގިނަ ބަޔަކު ލިފްޓް ތަކުގައި ތާށިވެފައިވާ ކަމަށާއި ލިފްޓް ތަކުން މީހުން ނެރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

ހިޔާ ފްލެޓްތަކުގެ ލިފްޓްތަކަކީ ކަރަންޓް ކެނޑިއްޖެނަމަ ބެކަޕް ޖަނަރޭޓަރުން ވެސް މަސައްކަތް ކުރާ ގޮތައް ހުންނަ ލިފްޓްތަކެކެވެ. ނަމަވެސް މިއަދު ބެކަޕް ޖަނަރޭޓުން ކަރަންޓް ނުދެވިގެން އުޅޭ ސަބަބެއްވެސް އަދި ސާފެއް ނުވެއެވެ

ގްރޭޓަރ މާލޭ އިންޓަރކަނެކްޝަން މަޝްރޫޢުގެ ދަށުން މާލެ، ހުޅުލެ އަދި ހުޅުމާލޭގެ ކަރަންޓު އެއް ވިއުގާއަކުން މިހާރު ވަނީ ގުޅާލާފައެވެ. މި މަޝްރޫޢުގެ ދަށުން ޤާއިމުކޮށްފައިވާ ސަބްސްޓޭޝަންތައް އެނަޖައިޒްކުރުމުގެ މަސައްކަތް މިދިޔަ ޖުލައިމަހުގެ ތެރޭގައި ސްޓެލްކޯއިން ކޮށްފައިވެއެވެ.