English Edition
Dhivehi Edition

ރައީސް ޔާމީން ގެންދަވަނީ މާލެ ނޫން އެހެން ރަށްތައް ތަރައްޤީ ކުރުމާއި ދެކޮޅަށް ފާޅުގައި ވަކާލާތު ކުރައްވަމުން ކަމަށް ފޭދޫ ދާއިރާގެ މެންބަރު މުޙައްމަދު ނިހާދު ވިދާޅުވެއްޖެއެވެ.

މެމްބަރު ނިހާދު މިފަދައިން ވިދާޅުވެފައި މިވަނީ ކޮމަންޑޫއާއި މަތިކޮމަންޑޫ ގުޅާލުމަށް ހިންގާ މަޝްރޫޢު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރައްވާކަމަށް އިކޮނޮމިކް މިނިސްޓަރ ފައްޔާޟް އިސްމާޢީލް ވެސް ވިދާޅުވެފައިވާ ދަނޑިވަޅެއްގައެވެ.

ނިހާދު އިތުރަށް ވިދާޅުވެފައިވަނީ ރައްޔިތުންނަށް ގެއްލުން ވާ ހުރިހައި ކަމެއް ރައީސް ޔާމީން ކުރައްވާނެ ކަމަށެވެ.

މިނިސްޓަރ ފައްޔާޟް ވިދާޅުވެފައިވަނީ ދެކޮމަންޑޫ ގުޅާލުމަށް ސަރުކާރުން ހިންގާ މަޝްރޫޢު ހުއްޓުވުމަށް ބަޔަކު މަސައްކަތްކުރަނީ ސަރުކާރަށް ކަމެއް ނުކުރެވޭކަން ދެއްކުމަށްކަމަށެވެ.

އެހެންނަމަވެސް މިސަރުކާރުން ކޮމަންޑޫއަށާއި އެހެން ދާއިރާތަކަށް ވެފައިވާ ވަޢުދުތައް ފުއްދާނެ ކަމަށާއި ސަރުކާރަށް ލިބިފައި އޮތް ވަގުތުގައި އެކަން ކުރައްވާނެކަމަށް ފައްޔާޒް ވަނީ އެ ރަސްމިއްޔާތުގައި ވިދާޅުވެފައެވެ.

ރައީސް ޔާމީން ސަރުކާރުގެ ޚުދުމުހުތާރުކަން ރައްޔިތުންނަށް ފެނިފައިވާކަމަށް ފައްޔާޒް ވިދާޅުވެ، ޤާނޫނުތައް ބޭނުން ވަގުތަކު ބޭނުންގޮތަކަށް ބަދަލުކޮށް، އާރާއި ބާރު އޮވެ ހުރިހާ މުއައްސަސާތަކަށް އަތް ބާނާފައިވާކަމަށް ފައްޔާޒް ވަނީ ތުހުމަތުކުރައްވާފައެވެ.

އެކަމަކު މިސަރުކާރުގެ މައްޗަށް ފާރަވެރިވާ އެތައް މުއައްސަސާއެއް އޮވެ މިސަރުކާރުން އެއްވެސް ނުފޫޒެއް ނުފޯރުވާކަމަށާއި އެގޮތުން ސަރުކާރަށް ފާޑުކިޔަމުން ކޮންމެ ވާހަކައެއްވެސް މީޑިއާއަށް މިހާރު ދެއްކޭނެކަމަށް ފައްޔާޒް ވަނީ ވިދާޅުވެފައެވެ.

އަންނަ މަހުގެ 5ގައި ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ބޭއްވުމަށް ނިންމާފައިވަނިކޮށް ސަރުކާރުން މި މަޝްރޫޢުތައް ކުއްލިއަކަށް ހިންގާތީ އިދިކޮޅުން އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.