English Edition
Dhivehi Edition

ދިރާގު ކަސްޓަމަރުން ގޭގައި ތިބެގެން ޚިދުމަތް ހޯދުމަށް އިލްތިމާސްކޮށްފިއެވެ.

އެ ކުންފުނިން މިހެން އިލްތިމާސް ކުރީ ރާއްޖޭގައި ކޮވިޑް-19ގެ އިތުރު ވޭރިއަންޓުތައް ހަލުވިކަމާއެކު ފެތުރެމުންދާ މިދަނޑިވަޅުގައި ކަސްޓަމަރުންނާއި މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައެވެ.

ދިރާގުން ބުނީ ގޭގައި ތިބެގެން ފަސޭހަކަމާއެކު ދިރާގުގެ ޚިދުމަތްތައް ހޯދެއްވުމަށް ދިރާގު “މައިއެކައުންޓް” ދިރާގު މޯބައިލް އެޕްލިކޭޝަން ފަދަ ޑިޖިޓަލް ޚިދުމަތްތައް ބޭނުން ކުރުމަށް އިލްތިމާސް ކުރާ ކަމަށެވެ.

އިންޓަރނެޓާއި މޮބައިލް ޕެކޭޖްތައް ބަދަލުކޮށް، ފިކްސްޑް ބްރޯޑްބޭންޑް އަދި ދިރާގުޓީވީގެ ޚިދުމަތައް އެޕްލައިކޮށް، އަދި ދިރާގުގެ އެކި ޚިދުމަތަތަކަށް އެދުމަށް ކަސްޓަމަރ ކެއަރ ސެންޓަރުތަކަށް ދިޔުމުގެ ބަދަލުގައި އޮންލައިންކޮށް އެޕްލައި ކުރުން ފަދަ ގިނަ ފަސޭހަތައް “މައިއެކައުންޓް” ޚިދުމަތް މެދުވެރިކޮށް ކަސްޓަމަރުންނަށް ލިބިގެން ދާނެއެވެ.

ހަމައެހެންމެ ދިރާގު މޮބައިލް އެޕް މެދުވެރިކޮށް ފަސޭހަ ކަމާއެކު ބިލް ދެއްކުމާއި އެޑް-އޮންސް އަދި ބޫސްޓަރސް ފަސޭހަކަމާއެކު އެކްޓިވޭޓް ކޮށްލުންފަދަ ގިނަ ކަންތައްތައް ކޮށްލެވޭނެއެވެ. އަދި މުޅިން އަލަށް ދިރާގުގެ ޚިދުމަތަކަށް އެދި ކަސްޓަމަރުން [email protected] އަށް އީމައިލް ކުރުމުން ފަސޭހަކަމާއެކު ޚިދުމަތް ލިބިގެންދާނެއެވެ.

ދިރާގުގެ “މައިއެކައުންޓް” ޚިދުމަތައް މިހާތަނަށް ރެޖިސްޓަރ ކޮށްފައިނުވާ ކަސްޓަމަރުން www.dhiraagu.com.mv/ocs މި ލިންކް މެދުވެރިކޮށް ރެޖިސްޓަރަ ކުރެވޭނެއެވެ. އެއްވެސް އިތުރު މައުލޫމާތެއް ބޭނުންނަމަ ދިރާގު ވެބްސައިޓުގައިވާ ލައިވް ޗެޓް، ފޭސްބުކް މެސެންޖަރ، ވައިބަރ ނުވަރަ ވަޓްސްއަޕް ބޭނުންކުރުމަށް ދިރާގުން ވަނީ އިލްތިމާސް ކޮށްފައެވެ.

ކޮވިޑް-19ގެ ކޭސްތައް އިތުރުވަމުން ދާ މި ދަނޑިވަޅުގައި ދިރާގުން އެދެނީ މިދުވަސްވަރު ހުރިހާ ކަސްޓަމަރުން ވެސް ރައްކާތެރިކަމުގެ ފިޔަވަޅުތައްއަޅާ އެޗް.ޕީ.އޭގެ ލަފަޔާ އިރުޝާދުތަކާ އެއްގޮތަށް ހުރިހާ ކަސްޓަމަރުންވެސް އަމަލު ކުރުމަށެވެ.

ދިރާގުން މަސައްކަތްކުރަމުންދަނީ ކަސްޓަމަރުން ދިރާގުގެ ޚިދުމަތްތައް ބޭނުން ކުރުމަށް ލުއިފަސޭހަތައް ފޯރުކޯށްދީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖްރިބާ އިތުރަށް ފުރިހަމަކޮށް ދިނުމަށެވެ.

 

ޓެގު