English Edition
Dhivehi Edition

ފުވައްމުލައް ސިޓީގައި, މަސްވެރިންނަށް މަސް ކިރުވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭ ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން، މިނިސްޓަރ އޮފް ފިޝަރީޒް އެގްރިކަލްޗަރ ޑޮކްޓަރ ހުސައން ރަޝީދު ޙަސަން އާއި މިފްކޯގެ އިސްވެރިންނާއި ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވައިފިއެވެ.

އިއްޔެ އޮންލައިންކޮށް ކުރިއަށް ގެންދިޔަ މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީ މޭޔަރު އިސްމާޢިލް ރަފީޤު، އަދި ކައުންސިލް މެންބަރުންނާއި ސެކެޓްރީ ޖެނެރަލް ގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ މެދުދާއިރާގެ އިއްޒަތްތެރި މެންބަރު ޙުސައިން މުޙައްމަދު ދީދީ ބައިވެރިވެ ވަޑައިގެންނެވިއެވެ.

މި ބައްދަލުވުމުގައި ފުވައްމުލައް ސިޓީގައި މަސްވެރިކަން އިތުރަށް ތަރައްޤީކޮށް ކުރިއަށް ގެންދިއުމާއި ގުޅޭ ގޮތުން ވަނީ މަޝްވަރާކޮށްފައެވެ. މި ގޮތުން ފުވައްމުލައް ސިޓީ ކައުންސިލުން ވަނީ، ފުވައްމުލައް ސިޓީއަށް މަސްގަނެވޭނެ އިންތިޒާމް ހަމަޖެއްސުމާއި ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މީގެ އިތުރުން ފުވައްމުލައް ސިޓީގައި މަސްވެރިންނަށް މަސް ކިރުވޭނެ އިންތިޒާމް ހަމަޖެއްސުމުގެ އިތުރުން ކަނދުފަތިއެޅުމާއި ގުޅޭގޮތުން ވެސް ވަނީ މަޝްވަރާކޮށްފައެވެ.

ފުވައްމުލައް ސިޓީ ކައުންސިލުން އެ ސިޓީގެ މަސްވެރިންނަށް ދިމާވެފައިވާ މައްސަލަތައް ހައްލުކުރުމަށް، ގިނަ މަސައްކަތްތަކެއް ކުރިއަށް ދާއިރު އެ ކައުންސިލުން ވަނީ ފުވައްމުލައް ސިޓީގެ ތަރައްޤީގެ ޕްލޭން އެކުލަވާލުމަށްވެސް މަސްވެރިންގެ ހިޔާލާއި މަޝްވަރާ ހޯދާފައެވެ،