English Edition
Dhivehi Edition

ފުލުހުންނާއި ސިފައިން ގުޅިގެން މާލޭގައި ޚާއްސަ އޮޕަރޭޝަނެއް ފަށައިފިއެވެ.

“ގުޅިގެން” ނަމުގައި ރޭ ފެށި މި އޮޕަރޭޝަނަކީ ފުލުހުންގެ އެދުމުގެ މަތިން ފެށި އޮޕަރޭޝަނެއް ކަމަށް ފުލުހުންގެ މުއައްސަސާ އާއި ގައުމީ ދިފާއީ ބާރުން ނެރެފައިވާ ބަޔާނުގައި ވަނީ ބުނެފައެވެ.

މި އޮޕަރޭޝަނަކީ ސީދާކޮންކަމަކާ ގުޅިގެން ހިންގާ އޮޕަރޭޝަނެއް ކަމެއް ހާމަކޮށްފައެއް ނުވެއެވެ.

އެހެންނަމަވެސް ދޭތެރެ ދޭތެރެއިން ސަލާމަތީ ބާރުތަކުން އަންނަނީ މިފަދަ އޮޕަރޭޝަންތައް މާލެ އާއި އަތޮޅުތަކުގައި ހިންގަމުންނެވެ.