ބޮލީވުޑުގެ ބަތަލާ ސަނީ ލިއޯން އާއި ފިރިމީހާ ޑެނިއަލް، އެޑޮޕްޓް ކޮށްފައިވާ ދަރިފުޅު ނިޝާ ވެބަރ އާއި މެދު ތަފާތުކުރުން ގެންގުޅޭ ކަމަށް ބުނެ ދައްކާ ވާހަކަތަކައް ޑެނިއަލް ރައްދު ދީފިއެވެ.
ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އަކާއި ގުޅިގެން ސަނީ ލިއޯން އަށް ގިނަ ފާޑުކިޔުންތަކެއް ވަނީ އަމާޒުވެފައެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯ އިން ފެނިގެންދަނީ ސަނީގެ ދެ ފިރިހެން ކުދިންގެ އަތުގައި ހިފައިގެން ސިޑިން ފައިބައިގެން ހިނގާފައި އަންނައިރު އަންހެން ދަރިފުޅު ނިޝާ އެއްވެސް މީހެއްގެ އެހީއެއް ނެތި ސިޑިން ފައިބައިގެން އަންނަ މަންޒަރެވެ. މި ވީޑިއޯ އާއި އެކު ޝޯޝަލް މީޑިއާގައި ސަނީ ލިއޯން އަށް ގިނަ ފަޑުކިޔުންތަކެއް އަމާޒުވެފައިވާއިރު ބައެއް ފަރާތްތަކުން ވަނީ ސަނީ، ނިޝާ އެޑޮޕްޓްކޮށްފައިވަނީ ޕަބްލިސިޓީ ހޯދަންކަމަށެވެ.
މި ވާހަކަތަައް ރައްދު ދެމުން ފިރިމީހާ ޑެނިއަލް ބުނެފައިވަނީ އެމީހުން އެއްވެސް ކުއްޖަކާ މެދު ތަފާތުކުރުންތައް ނުގެންގުޅޭކަމަށެވެ. އަދި ދެ ފިރިހެން ކުދިންގެ އުމުރަކީ ތިން އަހަރުކަމަށާއި އަންހެން ދަރިފުޅަށް ހަ އަހަރުވެފައިވާކަމަށެވެ. އަދި ކުޑަ ދެފިރިހެން ކުދިންނަށް އަދި އެކަނި އުޅެވޭ ވަރު ނުވާކަމަށާއި އެހެންނަމަވެސް އަންހެން ދަރިފުޅު ނިޝާއަށް މިހާރު އެކަނި އުޅެވޭ ކަމަށެވެ. މީގެ އިތުރުން ޑެނިއަލް ބުނީ ނިޝާ އަކީ އެގޭގެ “ޕްރިންސަސް” ކަމަށެވެ.
މީގެ އިތުރުން ޑެނިއަލް ބުނީ މީހުން ދައްކާ ތާކުންތާކު ނުޖެހޭ ވާހަކަތަކާއި އަޅާލަން ބޭނުން ނުވާކަމަށެވެ.
ސަނީއާއި ޑެނިއަލް ނިޝާ އެޑޮޕްޓް ކޮށްފައިވަނީ 2017 ވަނަ އަހަރު ގައެވެ. އޭރު ނިޝާގެ އުމުރުން އެންމެ 2 މަހެވެ. އޭގެ ފަހުން ސަނީ އާއި ޑެނިއަލް އަށް ވަނީ ސަރުގޭޓް ކޮށްގެން ދެ ފިރިހެން ކުދިން ލިބިފައެވެ.