ބޮލީވުޑްގެ މަޝްހޫރު ތަރި ސަނީ ލިއޯން އާއި ފިރިމީހާ ޑޭނިއަލް ވެބާ ކުއްޖަކު އެޑޮޕްޓްކޮށްފިއެވެ. މަހާރާޝްތުރަ ސްޓޭޓުގެ ލާތޫރު އަވަށަށް އުފަން 21 މަހުގެ ‘ނިޝާ’ މިހާރު ސަނީ ލިއޯން ވަނީ މުމްބާއީގައި އެމީހުން ދިރިއުޅޭ ގެއަށް ގެންގޮސްފައެވެ. މިކަމާއި ބެހޭ ގޮތުން ވާހަކަދައްކަމުން ސަނީ ލިއޯން ބުނެފައިވަނީ ނިޝާގެ ފޮޓޯ ފުރަތަމަ ފެނުމާއެކުވެސް އެ ކުއްޖާ ދެކެ ލޯބިވެވުނު ކަމަށެވެ. އަދި އެވަގުތު ކުރެވުނު އިހުސާސުތަކަކީ ބަޔާންކުރަން ދަތި އިހުސާސެއް ކަމުގައި އޭނާ ވަނީ ބުނެފައެވެ. ކުއްޖަކު އެޑޮޕްޓުކުރާ ހިޔާލު އާއި މީގެ ދެއަހަރު ކުރިން ޔަތީމު ހާނާއަކަށް ދިޔަ ފަހުން ކަމުގައި ޑޭނިއަލްވަނީ ބުނެފައެވެ. މީގެ އިތުރުން އޭނާ ބުނެފައިވަނީ ޔަތީމު ހާނާ ތަކުގައި އެ ކުރަމުންދާ މަސައްކަތަކީ ތައުރީފު ހައްގު މަސައްކަތެއްކަމުގައެވެ. އަދި އެމީހުންނަށް އެހީވުމަކީ ކޮންމެ މީހަކަށްވެސް ކުރެވިދާނެ ކަމަށްކަމާއި ކުއްޖަކު އެޑޮޕްޓްްކުރުމުގެ ހިޔާލު އައީ އެތަނުން ފެނުނު މަންޒަރުތަކުން ކަމުގައި ޑޭނިއަލްވަނީ ބުނެފައެވެ. ދަރިފުޅުގެ ނަމާއި ބެހޭ ގޮތުން ސުވާލުކުރުމުން ޑޭނިއަލް ބުނެފައިވަނީ އެ ނަމަކީ އެންމެ ފުރަތަަމަވެސް ދަރިފުޅަށް ދީފައިވާ ނަންކަމުގައެވެ. އަދި ދަރިފުޅުގެ ނަމަށް ގެނައި ހަމައެކަނި ބަދަލަކީ ނަމުގެ ފަހަތަށް ‘ކޯރު ވެބާ’ މި ނަން އިތުރު ކުރުންކަމުގައި ޑޭނިއަލް ވަނީ ބުނެފައެވެ. ދެމީހުންވެސް ވަރަށް ބިޒީ ޝެޑިއުލްއެއްގައި މަސައްކަތްކުރަމުންދާ އިރު ސަނީ ލިއޯން މަސައްކަތުގައި އުޅެމުންދާ ގަޑީގައި ދަރިފުޅު ބަލަމުންދަނީ ޑޭނިއަލްއެވެ.