English Edition
Dhivehi Edition

ރާއްޖޭގެ އެކި އަތޮޅުތަކުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ވެހިކަލްތަކެއް ނައްތާލުމުގެ ކުރިން، ވެހިކަލްތަކުގެ ވެރިފަރާތުން އެތަކެއްޗާއި ހަވާލު ވުމުގެ ފަހު ފުރުސަތު ދިވެހި ފުލުހުންގެ ޚިދުމަތުން ދީފިއެވެ،

ފުލުހުން ކުރި އިއުލާނެއްގައި ވަނީ އެއްގަމު ދަތުރުފަތުގެ ޤާނޫނު 2009/5 ގެ ދަށުން ދިވެހި ފުލުހުންގެ ޚިދުމަތުގެ ބެލުމުގެދަށަށް ގެނެވިފައިވާ އެއްގަމު އުޅަނދުތަކުގެ މައުލޫމާތު އާންމުކޮށްފައެވެ. މި ގޮތުން ޏ،ފުވައްމުލައް ސިޓީ ފުނާޑު ނިކަ ކައިރިން ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ސައިކަލަކާއި ގދ، ތިނަދޫ ޑރ.އަބްދުއް ސަމަދު މެމޯރިއަލް ހޮސްޕިޓަލު ކައިރިން ޑޭޒީމަގުން ނަގާފައިވާ ސައިކަލަކާއި އަދި ގއ.ވިލިގިނލި ހިއްކި ސަރަހައްދުން ނަގާފައިވާ ސައިކަލެއްގެ މައުލޫމާތު އާންމުކޮށްފައެވެ.

މީގެ އިތުރުން ފުލުހުން އާންމުކޮށްފައިވަނީ ކުޅުދުއްފުށި، ނ.މަނަދޫ، އއ.ތޮއްޑޫ އަދި ލ.ގަމުން ނަގާފައިވާ އުޅަނދުތަކުގެ މައުލޫމާތެެވެ.އަދި މާލެ އިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައިވާ ބައެއް ވެހިކަލްތަކުގެ މައުލޫމާތުވެސް ފުލުހުންވަނީ އާންމުކޮށްފައެވެ.

ފުލުހުން އިއުލާން ކުރި ލިސްޓްގައި ހިމެނޭ ވެހިކަލްތަކުގެ ވެރިފަރާތައް އެވެހިކަލްތައް ގެންދަން 60 ދުވަހުގެ މުހުލަތެއް ދީފައިވާއިރު އެމުއްދަތުގެ ތެރޭގައި އަނބުރާ ނުގެންދާ ވެހިކަލްތައް ނައްތާލުމުގެ ބާރު ފުލުހުންނަށް ލިބިފައިވެއެވެ.