English Edition
Dhivehi Edition

މަސްވެރިކަން ކުރަން އުޅުނު ދޯންޏެއް އަޑިއަށް ގޮސް، އޭގެން ދަތުރުކުރި ތިން މީހުން ގެއްލިއްޖެއެވެ.

އެމްއެންޑީއެފް އިން ބުނީ ފ.ފީއަލި ކައިރިން ފުރައިގެން މާލެ ދަތުރުކުރި “އަލަމާ-05” ނަމަކަށް ކިޔާ ދޯންޏެއް ވ.ފުއްސަރުގެ ހުޅަނގު ދެކުނުން 4 ވަރަކަށް ނޯޓިކަލް މޭލުން ދިޔަވެ އަޑިއަށްދާކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުން އަންނަކަމަށެވެ.

މިހާދިސާގެ މަޢުލޫމާތު އެމްއެންޑީއެފް ކޯސްޓްގާޑަށް ލިބިފައިވަނީ ޖަނަވަރީ 3 ވަނަދުވަހުގެރޭ 23:22 ހާއިރުއެވެ. މަޢުލޫމާތު ލިބިފައިވާ ގޮތުގައި މި ދޯނީގައި ތިބީ ތިން މީހުންނެވެ. އެމްއެންޑީއެފް އިން ބުނީ، އެ ދޯނީގައި ތިބީ ދިވެހި ކެޕްޓަންއަކާއި ދެ ބިދޭސީން ކަމަށެވެ.އަދި އެ ތިން މީހުންވެސް މިހާތަނަށް ފެނިފައި ނުވާކަމަށް އެމްއެންޑީއެފް އިން ވަނީ ބުނެފައެވެ،

މި އުޅަނދާއި މީހުން ހޯދުމަށްޓަކައި އެމްއެންޑީއެފް ކޯސްޓްގާޑުން މިހާރު ދަނީ ހަރަކާތްތެރިވަމުންނެވެ.