English Edition
Dhivehi Edition
ހެލްތު މިނިސްޓްރީގެ އިމާރާތް - ފޮޓޯ: ސަން

ރާއްޖޭގައި ބޭރަށް ހިންގުމާއި ހޮޑުލުން އިތުރުވަމުންދާތީ ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭ އިން ކުރި ޓްވީޓެއްގައި ވަނީ އެކަމުގެ އަލާމާތްތައް ފެންނަ ނަމަ ޑޮކްޓަރަށް ދެއްކުމަށް އިލްތިމާސްކުރާ ކޮށްފައެވެ.

ބޭރަށް ހިންގުމާއި ހޮޑުލުމުގެ ބަލީގެ އަލާމާތްތަކުގެ ތެރޭގައި ބޯ އެނބުރުމާއި ކުޑަކަމުދެވޭ ވަރު މަދުވުމާއި ހޮޑު ނުވަތަ ބޮޑުކަމުދާ ވަގުތު އޭގައި ލޭގެ އަސަރު ހުރުމާއި އާދަޔާ ޚިލާފަށް ކަރު ހިއްކުމާއި މީހާ މާބޮޑަށް ވަރުބަލިވެ، ދިޔާތަކެތި ބޭނުން ނުކުރެވުމުގެ އިތުރުން ވަރަށް ބޮޑަށް ބަނޑުގައި ރިއްސުން ހިމެނެއެވެ.

ބޭރަށް ހިނގާނަމަ ކުރެވިދާނެ ކަންކަން:
ގިނަ ގިނައިން އަރާމު ކުރުން

ކަންކަމާއި މާ ބޮޑަށް ނުވިސްނުން

ގިނަ ގިނައިން ދިޔާތަކެތި ބޭނުން ކުރުން

ލޮނު ހުންނަ ބިސްކޯޒު ކަހަލަ ތަކެތި ބޭނުން ކުރުން

ހަކުރު ގިނަ އަދި ތެޔޮކަން ގަދަ ކާނާ ބޭނުން ނުކުރުން

ކޮފީ ބޭނުން ނުކުރުން

ރާއްޖޭގައި ބޭރަށް ހިނގުމާއި ހޮޑުލުމުގެ ވޭދަނަތައް އިތުރުވަމުން އަންނައިރު، ދޭތެރެ ދޭތެރެއިން އަރިދަފުސް ރޯގާ ކަހަލަ ބަލިތައް ރާއްޖޭގައި އިތުރުވާކަން ފާހަގަ ކޮށްލެވެއެވެ.

ރާއްޖޭގައި ފެތުރެމުންދާ އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓްކުރާ މީހުންގެ އަދަދު މިދިޔަ އަހަރުގެ ފަހުކޮޅު ވެސް ވަރަށް ބޮޑުތަން ވަނީ އިތުރުވެފައެވެ.