English Edition
Dhivehi Edition

ކޮވިޑް-19 ގެ ހާލަތު ގޯސްވެގެން މާލެ އަތޮޅު މާފުށި މޮނިޓަރިންގ އަށް ލާފައިވަނީ އިއްޔެ މެންދުރުގެ ވަގުތެއްގައެވެ.

ސޯޝަލް މީޑިއާ ގައި ދައުރުވަމުންދާ ފޮޓޯތަކުން ފެންނަގޮތުގައި މިއަދު ހެނދުނު ވެސް އެރަަށަށް ވަނީ އެތައް ބަޔަކު އައިސް އަދި އެތައް ބަޔަކު ފުރައިގެން ގޮސްފައެވެ. އޭގެ ތެރޭގައި ދިވެހީންނާއި ބިދޭސީން އަދި ފަތުރުވެރިން ވެސް ހިމެނެއެވެ.

އެޗްޕީއޭގެ ގައިޑްލައިންތަކަށް ބެލުމެއް ނެތި އެ ޢަމަލު ހިންގަމުން އަންނަ އިރު، ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ގަވާޢިދުތައް ބުނާގޮތުން މޮނިޓަރިންގ ގެ ހާލަތުގައި އޮންނަ އެއްވެސް ރަށަކަށް އަރައި ފޭބުމަކީ މަނާ ކަމެކެވެ.

މާފުއްޓަކީ ފަތުރުވެރިކަން ފައްކާވެފައިވާ ރަށަކަށްވާ އިރު، މިއީ އައު އަހަރު ފާހަގަކުރުމަށް ގިނަ ބަޔަކު އެކި ތަންތަނަށް ދާ ދުވަސްވަރުކަމުން، ޚާއްސަކޮށް މާފުށި ކަހަލަ ރަށަކަށް ދާ މީހުން ގިނަވާނެއެވެ.

ފަތުރުވެރީން އަރައިފޭބުމުގައި ޚާއްސަ އިންތިޒާމުތަކެއް ތަކެއް ހަމަޖައްސާފައި އޮތުމަކީ އެކަށީގެންވާ ކަމެކެވެ. ޕީސީއާރް ނެގެޓިވް ޓެސްޓެއްގައި ދަތުރުކުރެވިދާނެއެވެ. އަދި ފުރަން ބުކިންގްސް ހަދާފައިވާ ފަތުރުވެރިންނަށް ވެސް ނެގެޓިވް ޕީސީއާރް ޓެސްޓަކާއެކު ފުރިދާނެއެވެ. ނަމަވެސް ދިވެހީންނަށް އެކަން ތަފާތެވެ.

ކަންމިހެން އޮތް އިރު، މޮނިޓަރިންގ ހާލަތުގައި އޮތް މާފުއްޓަކީ މޮނިޓަރިންގ ގައި އޮތް ރަށެއް ކަމަށް ގަބޫލު ނުކުރެވޭ ވަރަށް މެހެމާނުން އަރައިފޭބުމަކީ ކަންބޮޑުވާންޖެހޭ ކަމެކެވެ. ކޮވިޑުގެ ތިން ރާޅެއް އަޅުގަނޑުމެންނާ އަދާހަމަކޮށްފައިވާ އިރު، ދެން ނަގާނީ ކޮންފަދަ ރާޅެއް ކަމެއް ވެސް ނޭނގެއެވެ. ޚާއްސަކޮށް ސައުތު އެފްރިކާ އިން އަލަށް ފެނުނު ވޭރިއަންޓުގެ ނުރައްކާ އިންތިހާއަށް ބޮޑު މި ދުވަސްވަރު މިފަދަ މަންޒަރުތައް ފެނުމަކީ ހިތަށް ކުޅަދާނެ ކަންކަމެއް ނޫނެވެ.

ރާއްޖޭގެ ފަތުރުފެރިކަން ‘ސޭފް ޓޫރިޒަމް” ގެ ގޮތުގައި ދުނިޔެއަށް ދައްކަމުން އަންނައިރު، ދިވެހި އެތައް ޢާއިލާއެއްގެ ދިރިއުޅުން ބަރޯސާވެފައިވާ ފަތުރުވެރިކަމަށް ކިލަނބުކަމެއް އަޔަދިނުމަކީ އެއްގޮތަކަށް ވެސް ގަބޫލު ކުރެވޭނޭ ކަމެއް ނޫނެވެ. އަދި އަމްދުން ހޯމް ސްޓޭ ޓޫރިޒަމަަށް ފައްކާވަމުން އަންނަ އިރު، މިފަދަ މަންޒަރުތަކަކީ ބަލައިގަނެވޭނޭ ކަންތަކެއް ނޫނެވެ.

މިކަމަކީ ހަމައެކަނި އެޗްޕީއޭ އިން ހުއްޓުވޭނޭ ކަންކަމެއް ނޫނެވެ. މިކަމުގައި ރަށު ކައުންސިލާއި ރައްޔިތުންނާއި އަތޮޅު ކައުންސިލުގެ ޒިންމާ ވެސް ބޮޑެވެ. ފައިސާގެ ދަހިވެތިކަމުގައި އިގްތިސާދީ އަނދަވަޅަކަށް ގައުމު ދިއުމަށް ވުރެ، ދުރު މުސްތަގުބަލަކަށް ވިސްނާ ގައުމު އާރާސްތުކުރުން މާބުއްދިވެރިއެވެ.

ޓެގު