މިއަހަރު މާފުށީގައި ޑޮލަރު އޭޓީއެމްއެއް ގާއިމްކުރަން މަަސައްކަތް ކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުއިއްޒު މިހެން ވިދާޅުވީ, އެމަނިކުފާނު ސިލްސިލާކޮށް ކުރިއަށް ގެންދަވާ “ރައީސްގެ ޖަވާބު” ޕްރޮގްރާމުގައި މިއަދު އާންމުކުރެއްވި ވިޑީއޯގައެވެ.
އެމަނިކުފާނާ މިއަދު ސުވާލުކުރައްވާފައިވަނީ ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރުއެވެ.
ސަމީރު ވަނީ ރައީސް ޑރ. މުއިއްޒު ވެވަޑައިގެންނެވިގޮތަށް މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓެނީ ކޮން ތާރީހެއްގައިތޯ? ސުވާލުކޮށްފައެވެ.
އެ ސުވާލުގެ ޖަވާބުގައި ރައީސް ޑރ. މުއިއްޒު ވިދާޅުވީ މާފުށީގައި ޑޮލަރު އޭޓީއެމް ބެހެއްޓުމަކީ އެމަނިކުފާނުގެ ވައުދެއް ކަމަށާއި އެއީ ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ.
“ބީއެމްއެލް އާ ވާހަކަ ދައްކައިގެން މި އަހަރުގެ ތެރޭގައި އޭޓީއެމް ބެހެއްޓުމަކީ އަމާޒެއް,” ކަމަށް ރައީސް މުއިއްޒު ވިދާޅުވިއެވެ.
އެމަނިކުފާނުގެ ޓާގެޓަކީ ވީހާވެސް އަވަހަކަށް އޭޓީއެމް ބެހެއްޓުންކަމަށް ވިދާޅުވިއެވެ.
ރައީސްގެ ޖަވާބު
15 ފެބްރުވަރީ 2024ކ.މާފުށީ، ޖަންބުމާގޭ، އަޙްމަދު ސަމީރު، މާފުށްޓަށް ރައީސް ވެވަޑައިގެންނެވި ބައެއް ވަޢުދާ ބެހޭގޮތުންނާ، ޑޮލަރު ލިބުމުގެ ދަތިކަން ޙައްލުކުރުމާ ގުޅޭގޮތުން ދެންނެވި ސުވާލަށް، ރައީސުލްޖުމްހޫރިއްޔާ ދެއްވި ޖަވާބު pic.twitter.com/3fOsAE40Tz
— Government of Maldives (@governmentmv) February 15, 2024