English Edition
Dhivehi Edition
މާފުށި/ ފޮޓޯ: އޭއޯ ނިއުސް

މާލެ އަތޮޅު މާފުށި މޮނިޓަރިންގ އަށް ލައިފިއެވެ.

އެރަށް މޮނިޓަރިންގ އަށް ލާފައިވަނީ އެރަށުގައި ކޮވިޑް-19 ފެތުރޭތީ، މިއަދުގެ ވަގުތެއްގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މާފުށި ރަށު ތެރެއިންނާއި ފުލޫ ކުލިނިކަށް ދައްކާ މީހުން ކޮވިޑަށް ޕޮޒިޓިވްވާ ރޭޓު އަންނަނީ އިތުރުވަމުންނެވެ. އެގޮތުން މިހާތަނަށް ވެސް 12 މީހަކު ޕޮޒިޓިވް ވެފައިވާ ކަމަށް އެރަށު ސިއްހީ މަރުކަޒުން ބުނެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެންމެފަހުން ޢާންމުކުރި ތަފާސް ހިސާބުން ދައްކާ ގޮތުގައި ކޮވިޑް ފެތުރޭތީ އަރާ ފޭބުން މަނާކޮށްފައި މިހާރު އޮތީ 16 ރަށަކަށެވެ. އޭގެތެރޭގައި މ. މުލަށް، ދ. ކުޑަހުވަދޫ، ނ. ލަންދޫ ހދ. ނައިވާދޫ، ކ. ތުލުސްދޫ، ތ. ވިލުފުށި އަދި ދ. ހުޅުދެލި ހިމެނެއެވެ. އަދި ގދ. ގައްދޫ އާއި ހޯޑެއްދޫ ވެސް މި ލިސްޓުގައި ހިމެނޭ އިރު، އެ ދެރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ މިމަހުގެ 28 ވަނަ ދުވަހު އެވެ.

މޮނިޓަރިންގައި އޮންނަތާ އެންމެ ގިނަ ދުވަސްވީ އައްޑޫ ސިޓީ އެވެ. އެ ސިޓީގެ ގުޅިފައިވާ ރަށްތަައް މިދިޔަ އޮގަސްޓު މަހުގެ 28 ވަނަ ދުވަހު މޮނިޓަރިންގެ ހާލަތަށް ގެނައި އިރު ހުޅުމީދޫ މޮނިޓަރިންއަށް ލާފައިވަނީ ސެޕްޓެމްބަރު މަހުގެ ހަތަރު ވަނަ ދުވަހު އެވެ.

އައްޑޫ ސިޓީން އިއްޔެ ވެސް ވަނީ ފަސް މީހަކު ކޯވިޑަށް ޕޮޒިޓިވް ވެފައެވެ. މިވަގުތު ބަލި ޖެހިފައި 45 މީހުން ތިބި އިރު އޭގެ ތެރެއިން ހަތަރު މީހަކަށް ފަރުވާ ދެމުން ދަނީ ހޮސްޕިޓަލްގައި އެޑްމިޓް ކޮށްގެނެވެ.

އައްޑޫއިން މިހާތަނަށް ކޯވިޑަށް ފަރުވާ ދެމުން ދަނިކޮށް 12 މީހުން މަރުވެފައެވެ.

މާފުށި މިއަދު މޮނިޓަރިންގެ ހާލަތަށް ގެނެސްފައިވާ އިރު، އެރަށުގެ ހިއްކި ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާއި ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މީގެ ދެ ދުވަސް ކުރިން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވަނީ އެރަށަށް ވަޑައިގެންފައެވެ.

ޓެގު