English Edition
Dhivehi Edition

ނ. މަނަދޫގައި 50 ކޮޓަރީގެ ޓޫރިސްޓު ހޮޓަލެއް އަޅަން ނިންމާ، އެކަމުގެ ފަހުމުނާމައިގާ ސޮއި ކޮށްފިއެވެ.

ޓޫރިޒަމް މިނިސްޓްރީން ބުނީ އެ ހޮޓާ ތަރައްޤީ ކުރުމަށް ހަވާލުކޮށްފައިވަނީ ސްޓޯން ހޮޓެލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑާ ކަމަށެވެ.

އެއްލައްކަ ބައްތިރީސް ހާސް އަކަފޫޓުގެ ބިމެއްގައި ތަރައްޤީ ކުރާ މި ހޮޓަލުގެ މަސައްކަތް 2024 ވަނަ އަހަރުގެ ޖުލައި މަހު ނިންމާލެވޭނޭ ކަމަަށް އުއްމީދުކުރާ ކަމަށް ވެސް ޓޫރިޒަމް މިނިސްޓްރީން ބުނެއެވެ.

މަނަދޫ ގައި މި ހޮޓާ އެޅުމުގެ ފަހުމުނާމައިގާ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ސޮއި ކުރެއްވީ، ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމެވެ. ސްޓޯން ހޮޓެލްސް މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރު އައްބާސް މުހައްމަދެވެ.