English Edition
Dhivehi Edition

ހުވަދުއަތޮޅު ދެކުނުބުރީ ތިނަދޫގައި މިރޭ ހިނގި އެކްސިޑެންޓެއްގައި ތިން މީހަކަށް އަނިޔާވެއްޖެއެވެ.

ފުލުހުން ވިދާޅުވީ އަނިޔާވެފައިވަނީ ދެ ފިރިހެނަކާއި އަންހެނަކަށް ކަމަށެވެ. ތިން މީހުންނަށްވެސް ޑރ. އަބްދުއްސަމަދު މެމޯރިއަލް ހޮސްޕިޓަލުން ގެންދަނީ ފަރުވާ ދެމުންނެވެ.

އެމީހުންނަށް ލިބުނު އަނިޔާތަކާއި އެމީހުންނާބެހޭ މައުލޫމާތެއް ފުލުހުން ނުދެއެވެ. އަދި އެމީހުންނަށް ލިބިފައިވާ އަނިޔާގެ އެއްވެސް ތަފްސީލެއް ހޮސްޕިޓަލުންވެސް ލިބޭ ގޮތެއް ނުވިއެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި ތިންމީހުންގެ ތެރެއިން އެކަކަށް ސީރިއަސް އަނިޔާއެއް ވެފައިވެއެވެ. އަނިޔާވެފައިވަނީ އެމީހާގެ ބޮލަށް ކަމަށްވެސް މައުލޫމާތު ލިބިފައިވެއެވެ. އެހެންނަމަވެސް އިތުރު މައުލޫމާތެއް ނުލިބުނެވެ.

ފުލުހުން ވިދާޅުވީ މިއެކްސިޑެންޓް ހިނގާފައިވަނީ އެރަށުގައި ހުންނަ އުރީދޫ އެންޓަނާ ކައިރިންނެވެ. މި ހާދިސާ ހިނގީ ދުއްވާފައިދިޔަ ދެ ސައިކަލްޖެހިގެން ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.