English Edition
Dhivehi Edition

ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަަކަަށް ޕާލޭ މޯލްޑިވްސް އިން ޕްރޮޓެކްޓިވް އިކުއިޕްމަންޓް (ޕީޕީއީ) ހަދިޔާ ކޮށްފި އެވެ.

އިންދިރާގާނދީ މެމޯރިއަލް ހޮސްޕިޓަލް،(އައިޖީއެމްއެޗް) އިން ބުނީ މިތަކެތި ހަދިޔާ ކޮށްފައިވަނީ މިއަދު ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ. މި ތަކެއްޗާއި ހަވާލުވެޑައިގެންފައިވަނީ އައިޖީއެމް ހޮސްޕިޓަލުގެ ސީ.އީ.އޯ، އިބްރާހިމް ސަލީމް އެވެ.

ހަދިޔާ ކޮށްފައިވާ ތަކެތީގެ ތެރޭގައި ފޭސް ޝީލްޑް، އައިސޮލޭޝަން ގައުންސް އަދި ސޭފްޓީ ގޮގްލްސް ހިމެނެއެވެ. ހަދިޔާ ކޮށްފައިވާ
ސޭފްޓީ ގޮގްލްސްތަކުގެ ތެރޭގައި ރާއްޖޭގައި އުކާލެވޭ ޕްލާސްޓިކް ރީސައިކަލް ކޮށްގެން ތައްޔާރު ކޮށްފައިވާ ގޮގްލްސް ހިމެނޭ ކަމަށް ވެސް އެ ހޮސްޕިޓަލުން ބުނެ އެވެ.

މިތަކެތި ބޭނުންކުރާނީ އައި.ޖީ.އެމް.އެޗް، ހުޅުމާލެ ހޮސްޕިޓަލް، ވިލިމާލެ ހޮސްޕިޓަލް އަދި ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމު ކުރެވިފައިވާ 5 ކޮވިޑް ފެސިލިޓީގައި ކަމަށް ވެސް އައިޖީއެމްއެޗުން ބުނެ އެވެ.

ޕާލޭގެ ފަރާތުން ދިވެހިރާއްޖޭގެ ސިއްހީދާއިރާގެ ފްރަންޓްލައިންގައި މަސައްކަތް ކުރަމުންދާ މުވައްޒަފުންނަށް ޕީ.ޕީ.އީ ހަދިކޮށްފައިވާތީ އައިޖީއެމްއެޗުން ވަނީ ޝުކުރު އަދާކޮށްފައެވެ.