English Edition
Dhivehi Edition
ފޮރިން މިނިސްޓަރ، ޢަބްދުﷲ ޝާހިދު - ފޮޓޯ: ފޮރިން މިނިސްޓްރީ

ފޮރިން މިނިސްޓަރ ޢަބްދުﷲ ޝާހިދު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ އެވެ.

އެކަން ހާމަކުރައްވާ އެމަނިކުފާނު ވަނީ ޓްވީޓެއް ކުރައްވާފަ އެވެ. އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ޕޮޒިޓިވް ވީ މިއަދު ކަމަށާއި އަދި މިވަގުތު ހުންނެވީ ނިއުޔޯކްގައި ގޭގައި ކަރަންޓީނުވެވަޑައިގެން ކަމަށެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަންވެސް ކުރައްވާ ޝާހިދު ވިދާޅުވީ ކޮވިޑުގެ ބައެއް އަލާމާތްތައް މަދުން ނަމަވެސް ފެނިފައިވާ ކަމަށެވެ. އަދި ކޮވިޑް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކުރައްވާފައިވާ ކަމަށާއި ބޫސްޓަރ ޑޯޒް ވެސް ޖައްސަވާފައިވާ ކަމަށެވެ.

ކޮވިޑުގައި ތަހަންމަލު ކުރަމުންދާ ފަރާތްތަކަށް ދުއާ ދަންނަވާ ކަމަށާއި ކޮވިޑް ވެކްސިން ނުލިބޭ ފަރާތްތަކަށް ވެސް ދުއާ ދަންނަވާ ކަމަށް ޝާހިދު ވަނީ ވިދާޅުވެފަ އެވެ. އަދި ވެކްސިން އިކުއަލިޓީ ހޭޝްޓެގް ބޭނުންކުރައްވައި ވެކްސިން ހަމަހަމައަށް ފޯރުކޮށްދިނުމަށް ވެސް ގޮވައިލައްވާފައި ވެއެވެ.

އދ. ގެ އާންމު މަޖިލީހުގެ ރައީސް ކަމަށް އިންތިޚާބުވެ، އެމަގާމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޝާހިދު ދިރިއުޅުއްވަމުން ގެންދަވަނީ ނިއުޔޯކްގަ އެވެ. އެމަނިކުފާނު އެންމެ ފަހުން ރާއްޖެ ވަޑައިގެންފައިވަނީ މިދިޔަ އޮކްޓޯބަރު މަހުގެ ހަވަނަ ދުވަހު އެވެ.