English Edition
Dhivehi Edition

ނިޝާން އިއްޒުއްދީނުގެ އިއްޒަތުގެ ވެރިޔާ އުމަރު ޒާހިރު އަވަހާރަ ވެއްޖެ އެވެ. އެމަނިކުފާނު އަވަހާރަވީ ކޮވިޑު ބައްޔަށް ފަރުވާ ހޯއްދަވަމުން ދަނިކޮށްނެވެ.

އުމުރުފުޅަކީ 85 އަހަރެވެ. އަވަހާރަވި އިރު، ފަރުވާ ހޯއްދަވަމުން ގެންދެވީ ދަރުމަވަންތަ ހޮސްޕިޓަލުގަ އެވެ.

އުމަރު ޒާހިރު ވަނީ ކުރީގެ ރައީސް މައުމޫނުގެ ވެރިކަމުގައި ގިނަ ދުވަސްތަކެއް ވަންދެން ދިވެހި ދައުލަތަށް ޚިދުމަތް ކުރައްވާފަ އެވެ. އަދި ހުޅުމާލެ ހިއްކުމާއި ތިލަފަޅު ހިއްކުން ފަދަ މަޝްރޫޢުތަކުގައި އެމަނިިކުފާނު ވަނީ ޢަމަލީގޮތުން ބައިވެރިވެވަޑަައިގެންފަ އެވެ.

ހައުސިންގ މިނިސްޓަރު ކަމުގެ މަޤާމުގައި ހުންނަވާ އެ މަސައްކަތް ތައް ކުރެއްވުމުގެ އިތުރުން، 1953 ވަނަ އަހަރުން ފެށިގެން ދަޢުލަތަށް ޚިދުމަތް ކުރެއްވި އިރު، ކުޅިވަރާ ބެހޭ ވަޒީރުކަމާއި ކޮންސްޓްރަކްޝަން އެންޑް ޕަބްލިކް ވޯކްސް މިނިސްޓަރު ކަމާއި ރައީސް އޮފީހުގެ ސީނިއަރ މިނިސްޓަރުކަން ވެސް އެމަނިކްފާނު ވަނީ ކުރައްވާފަ އެވެ.