English Edition
Dhivehi Edition
ވިލާ ކޮލެޖުގައި ގެންދިޔަ މެލޭޝިޔާގެ އޯޕަން ޔުނިވާސިޓީން ދަސްވެނިވި ދަރިވަރަކަށް، އެ ޔުނިވާސިޓީގެ ވައިސް ޗާންސެލާ ޕްރޮފެސާ ދާތޯ މަންސޫރު ސެޓްފިކެޓް ހަވާލުކޮށްދެއްވަނީ

އަމިއްލަ ކޯސްތަކާއެކު ވިލާ ކޮލެޖުން އަންނައަހަރުގެ ޖަނަވަރީ ގެ ކޯސްތައް އިޢުލާންކޮށް، އެ ކޯސްތަކަށް އެދުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އަންނައަހަރު ޖަނަވަރީ އިންޓޭކްގައި ފެށުމަށް ހަމަޖެހިފައިވާ ކޯސްތަކުގައި ބައިވެރިވުމުގެ ފުރުސަތު، ޖަނަވަރީ ހަތަރު ވަނަަ ދުވަހުގެ ނިޔަލަށް ވަނީ ހުޅުވާލާފަ އެވެ.

މި އިންޓޭކުގައި އިންފޮރމޭޝަން ޓެކްނޮލޮޖީ، ކޮމްޕިއުޓަރ ސައިންސް، ޓީޗިންގ، އެޑިއުކޭޝަން، އިންކްލޫސިވް އެޑިއުކޭޝަން، ޝަރީޢާ، ލޯ، އިސްލާމް، ގުރުއާން، ޓޫރިޒަމް އެންޑް ހޮސްޕިޓަލިޓީ، ބިޒްނަސް މެނޭޖްމަންޓް ހިމެނެ އެވެ. އަދި އިކޮނޮމިކްސް، އެކައުންޓިންގ އެންޑް ފައިނޭންސް، ބޭންކިންގ އެންޑް ފައިނޭންސް، މާކެޓިންގ، ހިއުމަން ރިސޯސް، އިންޖިނިއަރިންގ، ރިސާރޗް، ނަރސިންގ، ސައިކޮލޮޖީ، ޕަބްލިކް ހެލްތް، ފާމަސީ، މެރިން ސްޓަޑީސްގެ ކޯސްތަކާއި ވޯޓަރ ސްޕޯޓްސްގެ ދާއިރާއިން ޖުމްލަ 117 ކޯހެއްގައި ބައިވެރިވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.

މި އިންޓޭކްގައި މާސްޓަރސް ފެންވަރުގެ 61 ކޯހަކާއި، ޕޯސްޓް ގްރެޖުއޭޓް ޑިޕްލޮމާ/ ސެޓްފިކެޓް ފެންވަރުގެ 9 ކޯހަކާއި، ޑިގްރީ ފެންވަރުގެ 30 ކޯހަކާއި، ޑިޕްލޮމާ ފެންވަރުގެ 26 ކޯހަކާއި ފައުންޑޭޝަން ފެންވަރުގެ 17 ކޯހަކާއި އަދި ސެޓްފިކެޓް 3ގެ ފެންވަރުގެ 12 ކޯހަކާއި ސެޓްފިކެޓް ލެވެލް 2 ގެ 1 ކޯސް ފެށުމަށް ހަމަޖެހިފައިވާ ކަމަށް ވިލާ ކޮލެޖުން ބުނެފައި ވެއެވެ.

މީގެ އިތުރުން އޭސީސީއޭގެ އެޕްލައިޑް ނޮލެޖް، އެޕްލައިޑް ސްކިލް އަދި ޕްރޮފެޝަނަލް ލެވެލްގެ އިތުރުން، އޭސީސީއޭ ކިޔަވާ ދަރިވަރުންނަށް ޚާއްސަ، އޭސީސީއޭ އެކްސެލެރޭޓް އަދި އިނގިރޭސިވިލާތުގެ އޮކްސްފޯޑް ބްރުކްސް ޔުނިވަރސިޓީގެ ބީއެސްސީ (އޮނަރސް) އިން އެޕްލައިޑް އެކައުންޓިންގ ކޯހަށް ވަނުމުގެ ފުރުސަތު ވެސް އަންނަ ޖަނަވަރީ އިންޓޭކުގައި ހުޅުވާލާފައި ވެއެވެ.

ޖަނަވަރީ އިންޓޭކުގައި މި ހުޅުވާލެވޭ ކޯސްތަކުގެ ތެރޭގައި އޮންލައިން، ހައިބްރިޑް އަދި ފޭސް ޓު ފޭސް ކޮށް ކިޔެވޭ ކޯސްތައް ހިމެނެ އެވެ. މި ކޯސްތަކުގެ ތެރޭގައި ވިލާ ކޮލެޖުގެ އަމިއްލަ ކޯސްތަކާއި އިނގިރޭސިވިލާތުގެ ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑްގެ މާސްޓަރސް އަދި ފުރަތަމަ ޑިގްރީ ކޯސްތައް ވެސް ހިމަނާފައި ވެެެއެވެ. އަދި މި ކޯސްތަކަކީ ކޮންމެ ކޯހެއްގެ ވެސް ދާއިރާގެ ޕްރޮފެޝަނަލް ބޮޑީތަކާއި އިންޑަސްޓްރީތައް ގަބޫލުކުރާ މިންގަނޑުތަކަށް ފެތޭ، ދަރިވަރުން ވަޒީފާގެ މައިދާނަށް އެންމެ ފުރިހަމައަށް ތައްޔާރުކޮށްދެވޭނެ ގޮތަށް ފަރުމާ ކުރެވިގެން ހިންގޭ ކޯސްތަކެއް ކަމަށް ވިލާ ކޮލެޖުން ހާމަކުރެ އެވެ.

މި ކޯސްތައް ވިލާ ކޮލެޖުގެ މާލޭގައި ހުންނަ ކިއު.އައި. ކެމްޕަހާއި ވިލާ ކޮލެޖު އަތޮޅުތެރޭގެ ކެމްޕަސްތަކުގައި ވެސް ފަށާނެ އެވެ.

ވިލާ ކޮލެޖުގެ ދަރިވަރުންނަށް ފީ ދެއްކުމުގައި ލުއި ފަސޭހަ ގޮތްތަކެއް ހޯދައި ދިނުމުގެގޮތުން ދަރިވަރުންނަށް މަންތްލީ އިންސްޓޯލްމަންޓްއަށް ފީ ދެއްކޭނެ އިންތިޒާމުތައް ވެސް އެ ކޮލެޖުން ވަނީ ހަމަޖައްސާފަ އެވެ. އަދި ސަރުކާރުން ހަމަޖައްސާފައިވާ ފުރަތަމަ ޑިގްރީއަށް ހިލޭ ކިޔެވުމުގެ ސްކީމްގެ ދަށުން ވިލާ ކޮލެޖުގެ ހުރިހާ ބެޗެލަރސް ޑިގްރީ ޕްރޮގްރާމެއްގައި ކިޔެވުމުގެ ފުރުސަތުވެސް ވަނީ ހުޅުވާލާފަ އެވެ.