English Edition
Dhivehi Edition

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ވާއު ކިޑްސް ރަން ޑިސެމްބަރ 25 އަށް ފަސްކޮށްފި އެވެ.

ޓީއެފްޖީ އިން ބުނީ މި ޑިސެންބަރު 17 ވާ ހުކުރު ދުވަހު ބޭއްވުމަށް ކުރިން ނިންމާފައިވާ މި ރަން މިހާރު އޮންނާނީ މި ޑިސެމްބަރ މަހުގެ 25 ވާ ހޮނިހިރު ދުވަހު ކަމަށެވެ.

ބީއެމްއެލް ވާއު ކިޑްސް ރަން ބާއްވާ ތާރީޚަށް ބަދަލު ގެނެސްފައިވާއިރު މިއީ ބީއެމްއެލް އާއި ޓޯޓަލް ފިޓްނަސް ގްރޫޕް (ޓީއެފްޖީ) ގުޅިގެން ބާއްވާ ރަންއެކެވެ. މި ރަން އޮންނާނީ ހުޅުމާލެ ސެންޓްރަލް ޕާރކުގަ އެވެ.

މިއަހަރުގެ ރަންގައި ވެސް 1200 ކުދިންނަށް ބައިވެރިވުމުގެ ފުރުސަތު ދިނުމަށް ނިންމާފައިވާ އިރު، އެ އަދަދަށް ބައިވެރިން ހަމަވުމުން ރެޖިސްތްރޭޝަން ބަންދުކުރާނެ ކަމަށް ޓީއެފްޖީން ވަނީ ބުނެފަ އެވެ.

މި ދުވުމުގައި ބައިވެރިވުމުގެ ފުރުސަތު މި މަހުގެ ދެވަނަ ދުވަހު ވަނީ ހުޅުވާލާފަ އެވެ.

މި ރަންގައި ބައިވެރިވެވޭނީ 4 އަހަރާއި 6 އަހަރާ ދެމެދު، 6 އަހަރާއި 8 އަހަރާ ދެމެދު، 8 އަހަރާއި 10 އަހަރާ ދެމެދުގެ އުމުރުފުރާގެ އިތުރުން 10 އަހަރާއި 13 އަހަރުގެ އުމުރު ފުރާގެ ކުދިންނަށެވެ.

މިއީ 2016 ވަނަ އަހަރުން ފެށިގެން ބާއްވަމުން އަންނަ ދުވުމެކެވެ. މި ދުވުމުގައި ބައިވެރިވާ ކުދިންގެ ތެރެއިން 4 އަހަރުން ފެށިގެން 10 އަހަރުގެ ކުދިން ދުވާނީ ބެލެނިވެރިޔަކާއެކުގަ އެވެ.