119 ކިލޯގެ ހެރޮއިން އަތުލައިގެންފި އެވެ.
މިކަން ހާމަކުރައްވާފައިވަނީ ޕޮލިސް ކޮމިޝަނާ މުހައްމަދު ހަމީދު (ސީޕީ) ކުރައްވާފައިވާ ޓްވީޓެއްގަ އެވެ.
އެ ޓްވީޓުގައި ވިދާޅުވެފައިވަނީ ހިރޮއިން އަށް ޝައްކުކުރެވޭ މިތަކެތި އަތުލައިގަތީ ވޭރުވެދިޔަ 48 ގަޑިއިރުގެ ތެރޭގައި ހިނގި ޚާއްސަ އޮޕަރޭޝަނެއްގައި ކަމަށެވެ.
ސީޕީ ވިދާޅުވީ ފުލުހުން ހިނގި މަސްތުވާތަކެތީގެ އޮޕަރޭޝަންގައި ހޯދި 28 ޕެކެޓް މަސްތުވާތަކެއްޗާ އެކު ޖުމްލަ އަދަދު 119 އަށް އަރާފައިވާ ކަމަށެވެ.
މި އޮޕަރޭޝަނެއް ކުރިއަށް ގެންގޮސްފައިވަނީ މައްޗަން ގޮޅީ ސަހަރާއާ ވީ ހިސާބުގައި މާފަތްތަކުރުފާނު މަގާއި ބުރުޒުމަގު ގުޅޭ ހަތަރު އަނގޮޅި ކަންމަތިން ނެވެ. އަދި AB1A T8977 ނަންބަރު ދެ ޓެކްސީ ހުއްޓުވާ ގިނަ އަދަދެއްގެ މަސްތުވާތަކެތި ވެސް ވަނީ ހޯދާފަ އެވެ.
މި އިން އެއްވެސް އޮޕަރޭޝަނެއްގައި މިހައިތަނަށް މީހަކު ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް ހާމައެއް ނުކުރެ އެވެ.