އައްޑޫ ސިޓީ ގަމުގައި ސިފައިން، ހަތިޔާރާއެކު ތަމްރީން ޕްރޮގްރާމެއް ކުރިއަށް ގެންދިއުމަށް ނިންމާފައިވާތީ ދަތުރުފަތުރު ކުރުމުގައި ސަމާލުވާން ޓްރާންސްޕޯޓް އޮތޯރިޓީން އިލްތިމާސް ކޮށްފިއެވެ.
އައްޑޫ ސިޓީގައި ސިފައިން ކުރިއަށް ގެންދަން ނިންމާފައިވާ ނައިޓް ފަޔަރިން ތަމްރީން ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ މިމަހުގެ 12 ވަނަ ދުވަހުން ފެށިގެން 18 ވަނަ ދުވަހުގެ ނިޔަލަށެވެ، މި ތަމްރީން ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ އައްޑޫ ސިޓީގެ ގަމުގައި ހުންނަ ސިފައިންގެ ޓްރޭނިން ސެންޓަރުގައި އިރުއޮއްސި 6:30 އިން ރޭގަނޑު 11:00 އަށެވެ.
މި ތަމްރީންގައި ޕައިކޯޓެކްނިކްސް: 9 އެމްއެމް ބްރައުނިން ޕިސްޓަލް ބޭނުންކުރުމަށް ހަމަޖެހިފައިވާއިރު ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ ދުރުމިނަކީ 1700 މީޓަރެވެ. ވައިގެ ސަރަހައްދު ބޭނުންކުރާނެ އެންމެ އުސްމިނަކީ 200 މީޓަރެވެ. އަދި އެންމެ ތިރި މިނަކީ ސީ ލެވެލް އެވެ، މި ހަތިޔާރު ވައިގެ ސަރަހައްދު ބޭނުންކުރާނެ ޑައިރެކްޝަނަކީ ގަން ޓްރޭނިން ސެންޓަރުގެ ރޭންޖްއިން ހުޅަނގު ދެކުނެވެ.
އެހެންކަމުން މި ސަރަހައްދުން ކަނޑުދަތުރުފަތުރުކުރާ ފަރާތްތަކުން މިކަމަށް ސަމާލުކަން ދީގެން ކަނޑު ދަތުރުފަތުރުކުރުމަށް ޓްރާންސްޕޯޓް މިނިސްޓްރީން ވަނީ އިލްތިމާޒުކޮށްފައެވެ.
ސިފައިންގެ ތަމްރީނެއް އައްޑޫގައި ފެށުމަށް ތައްޔާރުވަމުން އަންނައިރު އަދި މިކަމާއި ގުޅޭ އެއްވެސް ތަފްސީލެއް އެމްއެންޑީއެފް އިން ހާމަކޮށްފައެއް ނުވެއެވެ.