English Edition
Dhivehi Edition
ޝުޖާއު: ފޮޓޯ ފޭސްބުކް

އައްޑޫ ސިޓީގެ ސެކެޓްރީ ޖެނެރަލްގ(އެސްޖީ) ގެ މަގާމަށް އައްޔަނު ކުރުމަށް، މުހައްމަދު ޝުޖާއު އައްޔަނު ކުރުމަށް އައްޑޫ ސިޓީ ކައުންސިލުން މިއަދު ފާސްކޮށްފިއެވެ.

ޝުޖާއު އަކީ މި މަގާމަށް ވާދަކުރެއްވެވި ބޭފުޅުންގެ ތެރެއިން އިންޓަވިއު އިންވެސް އެއްވަނަ ލިބުނުފަރާތެވެ.

ކައުންސިލުން މިއަދު ބޭއްވި ކުއްލި ބައްދަލުވުމުގައި ޝުޖާއު އެސްޖީގެ މަގާމަށް އައްޔަނު ކުރުމަށް ފެންނަ ކަމަށް 7 މެމްބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް ވޯޓު ދެއްވި މެމްބަރުންގެ އަދަދަކީ 4 ކެވެ.

އައްޑޫސިޓީގެ އެސްޖީގެ މަގާމަށް ކައުންސިލުން ހޮވުމަށް ބޭނުންވަނީ ގިނަ ދުވަސްތަަކެއް ވަންދެން އެސްޖީގެ މަގާމު ފުރުއްވަވާ އަދި މިހާރު ވެސް އައްޑޫ ކައުންސިލްގެ އެސްޖީގެ މަގާމު ވަގުތީ ގޮތުން އަދާކުރައްވަމުން ގެންދަވާ މުހައްމަދު ހަލީމް ކަމަށް ގިނަ ބަޔަކު ވަނީ ބުނެފައެވެ.

ސެކްރެޓަރީ ޖެނެރަލްގެ މަގާމަކީ، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެ އިސް މަގާމެވެ. ކައުންސިލްގެ ލަފާގެ މަތިން، ކައުންސިލްގެ އިދާރާގެ އިދާރީ އެންމެހާ ކަމެއް ހިންގައި ބެލެހެއްޓުމާއެކު، މާލީ ޒިންމާދާރުވެރިޔާގެ މަސްއޫލިއްޔަތު ވެސް އަދާކުރަންޖެހެނީ ކައުންސިލްގެ ސެކްރެޓަރީ ޖެނެރަލްއެވެ.