English Edition
Dhivehi Edition
ފޮޓޯ: އިސްލާމިކް މިނިސްޓްރީ

ކުރިއަށް އޮތް ތަނުގައި އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށީ ސިޓީގައި އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ފެއްޓުމަށް ނިންމާފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރު ވިދާޅުވެއްޖެ އެވެ.

މާލެ ސިޓީގައި އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމް ނިންމުމުގެ ގޮތުން ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަހްމަދު ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ތިން ޕްރޮގްރާމް ކޮންމެ އަަހަރަކު ކުރިއަށް ގެންދިއުމަށް ރާވަމުންދާ ކަމަށެވެ.

އަތޮޅުތެރޭގެ އެހެން ރަށްރަށުގައިވެސް މި ޕްރޮގްރާމް ކުރިއަށް ގެންދިއުމަށް މަސައްކަތް ކުރައްވަމުން ގެންދަވާކަން ފާހަގަކުރައްވަމުން އަހްމަދު ޒާހިރު ވިދާޅުވީ ކުރިއަށް އޮތް ތަނުގައި އައްޑޫ، ފުވައްމުލަކު، ކުޅުދުއްފުށީ ސިޓީގައި ވެސް އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމުގެ ޕްރޮގްރާމްތައް ފައްޓާވާނެކަމަށެވެ.

މާލެ ސިޓީގައި އިމާމުންނާއި ޚަތީބުން ތަމްރީނު ކުރުމަށް ބޭއްވި ޕްރޮގްރާމްގައި ޖުމްލަ 94 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މި ޕްރޮގްރާމްގައި ކިޔަވައިދީފައިވަނީ ތަޖުވީދު، ހުކުރު ގަވައިދާ އުސޫލު، ސިވިލް ސާވިސްގެ ގަވައިދާ އުސޫލު، މަސައްކަތުގެ އަހުލާގާއި، އެހެން މީހުންނާއި މުއާމަލާތްކުރުމާއި، ނަމާދުގެ ހުކުމްތައް އަދި ހިލާފީ މައްސަލަތަކުގައި އަމަލުކުރާނެ ގޮތުގެ މައުލޫމާތެވެ.