English Edition
Dhivehi Edition

އައްޑޫ ސިޓީގައި ´ބެޓަރީ އެނާރޖީ ސްޓޯރޭޖް ސިސްޓަމް` ޤާއިމުކުރެވޭ ޕްރޮޖެކްޓު އިފްތިތާހު ކުރުމުގެ ރަސްމިއްޔާތު ބާއްވައިފިއެވެ.

މި ރަސްމިއްޔާތުގައި އައްޑޫ ސިޓީގެ ބައެއްގެ ކައުންސިލަރުންނާއި މަޖިލީސް މެމްބަރުން ވަނީ ބައިވެރިވެ ވަޑައިގެންފައެވެ، މިގޮތުން މި ރަސްމިއްޔާތުގައި މާމެންދޫ ދާއިރާގެ ކައުންސިލަރ އާމިނަތު އަދާލާ ރަޝީދު، ހިތަދޫ ބޭރުމަތި ދާއިރާގެ ކައުންސިލަރ މަރިޔަމް ސައީދާ, މަރަދޫފޭދޫ ދާއިރާގެ ކައުންސިލަރ ޚާލިދާ މުހައްމަދު, އަދި ފޭދޫ މަގުއްދޫ ދާއިރާގެ ކައުންސިލަރ އާމިނަތު ސަލްމާ ބައިވެރިވެ ވަޑައިގެންނެވިއެވެ.

އައްޑޫ ސިޓީ ކައުންސިލުން ބުނީ މިސިސްޓަމްގެ ސަބަބުން ´ސޯލާރ-ޕީވީ-ބެޓަރީ-ޑީސަލް ހައިބްރިޑް ސިސްޓަމް` އަކުން ލިބެންޖެހޭ ނަފާ އިތުރުކޮށްދީ, އައްޑޫގެ ކަރަންޓުގެ ނިޒާމަށް އިތުރު ފުރިހަމަ ކަމެއް ލިބިގެންދާނެކަމަށެވެ. އަދި މިއީ ރާއްޖޭގެ އިންޖީނުގެއެއްގައި މިހާތަނަށް ބެހެއްޓޭ އެންމެ ބޮޑު ބެޓަރީ ޕްވަރ ސްޓޯރޭޖް ސިސްޓަމް ކަން ކައުންސިލުން ވަނީ ފާހަގަކޮށްފައެވެ.

އެކްސެލަރޭޓިން ރިނިއުވަބަލް އެނާރޖީ އިންޓަގްރޭޝަން އެންޑް ސަސްޓެއިނަބަލް އެނާރޖީ “އެރައިޒް” މަޝްރޫޢުގެ ދަށުން އައްޑޫ ސިޓީގައި ޤާއިމްކުރާ އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމާއި ގުޅޭ ގޮތުން މީގެ ކުރިން ވަނީ ސާވޭއެއްވެސް ކުރިއަށް ގެންގޮސްފައެވެ، އެންވަޔަރަންމަންޓް މިނިސްޓްރީން ބުނީ މިއީ ވޯލްޑް ބޭންކް އާއި އެ މިނިސްޓްރީން ގުޅިގެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އިއާދަކުރެނިވި ހަކައިތައިގެ މަޝްރޫއުގެ ދަށުން އައްޑޫ ސިޓީގައި އިރުގެ އަލިން ހަކަތަ އުފައްދާ ނިޒާމު ގާއިމުކުރުމާއި، ބެޓަރީ ސްޓޯރޭޖް ސިސްޓަމް ގާއިމުކުރުމާއި ރަށުގެ ކަރަންޓު ވިއުގަރ ގެ ފެންވަރު ރަނގަޅުކުރުމަށް ކުރިއަށް ގެންދާ މަޝްރޫއެއްކަމަށެވެ،

މި މަޝްރޫޢު ކުރިއަށްގެންދިއުމަށް ހަމަޖެހިފައި ވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. އެގޮތުން ފުރަތަމަ ފިޔަވަހީގެ ދަށުން އިއާދަކުރަނިވި ހަކަތައިގެ ނިޒާމު ޤާއިމްކުރުމަށް ހަމަޖެހިފައި ވަނީ ބިމުގައި ހަރުކުރެވޭ ސްޓްރަކްޗަރއެއްގެ މަތީގައި ކަމަށާއި، ސްޓްރަކްޗަރގެ ބުޑުތައް ހަމަޖެހިފައި ވަނީ ކޮންކްރީޓުން ކަމަށް އެންވަޔަރަންމަންޓް މިނިސްޓްރީން ބުނެއެވެ. އަދި މަސައްކަތް ކުރިއަށްދާއިރު މަސައްކަތުގެ އިން ވަކިކުރެވި، އެ ސަރަޙައްދު މަސައްކަތުގެ މުއްދަތަކުގައި ބަންދުކުރެވޭނެ ކަމަށާއި، މި ފިޔަވަހި ނިންމާލުމަށް އަމާޒުކުރަނީ ފަސް މަސް ދުވަހުގެ ތެރޭގައި ކަމަށެވެ.

މީގެ އިތުރުން ދެވަނަ ފިޔަވަހީގެ ދަށުން ކަރަންޓް ވިއުގަ އަޕްގްރޭޑްކުރުމަށް ނިންމާފައިވާއިރު، އެ މަސައްކަތަށް ފަސް މަސް ދުވަސް ނަގާނެ ކަމަށް ބެލެވެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ބެޓަރީ އެނަރޖީ ސްޓޯރޭޖް ސިސްޓަމެއް ޤާއިމްކުރުމަށް ނިންމާފައިވާއިރު، އެކަމަށް ހޭދަވާނެ ކަމަށް ބެލެވެނީ ދެ މަސް ދުވަހެވެ.