English Edition
Dhivehi Edition

އުރީދޫއިން ޔޫޓިއުބް އަދި ޓިކްޓޮކަށް ޚާއްސަ އަވަރލީ، ޑެއިލީ، ވީކްލީ އަދި މަންތްލީ ޑޭޓާ ޕެކް ތައާރަފްކޮށްފިއެވެ.

އުރީދޫ މޯލްޑިވްސް އިން ޔޫޓިއުބް އަދި ޓިކްޓޮކް ބޭނުންކުރާ ފަރާތްތަކަށް ހާއްސަ ޑޭޓާ ޕެކްތަކެއް މިއަދު ތައާރަފްކޮށްފިއެވެ މި ޑޭޓާ ޕެކްތަކަކީ އެންމެ 10 ރ އިން އިން ފެށިގެން 250 ރ އާއި ހަމައަށް ބޮޑެތި ޑޭޓާ އެލަވަންސް ހިމެނޭ ޕެކްތަކެކެވެ.

ޑޭޓާ ޕެކް އަގު (ރުފިޔާ) ޑޭޓާ އެލަވަންސް ބޭނުންކުރެވޭ މުއްދަތު
ޓިކްޓޮކް އަވަރލީ 10 ރ 2 ޖީބީ 1 ގަޑިއިރަށް
ޓިކްޓޮކް ޑެއިލީ 20 ރ 20 ޖީބީ 24 ގަޑިއިރަށް
ޓިކްޓޮކް ވީކްލީ 100 ރ 50 ޖީބީ 7 ދުވަސް
ޓިކްޓޮކް މަންތްލީ 250 ރ 100 ޖީބީ 30 ދުވަސް

 

ޑޭޓާ ޕެކް އަގު (ރުފިޔާ) ޑޭޓާ އެލަވަންސް ބޭނުންކުރެވޭ މުއްދަތު
ޔޫޓިއުބް އަވަރލީ 10 ރ 2 ޖީބީ 1 ގަޑިއިރަށް
ޔޫޓިއުބް ޑެއިލީ 20 ރ 20 ޖީބީ 24 ގަޑިއިރަށް
ޔޫޓިއުބް ވީކްލީ 100 ރ 50 ޖީބީ 7 ދުވަސް
ޔޫޓިއުބް މަންތްލީ 250 ރ 100 ޖީބީ 30 ދުވަސް

 

ޓިކްޓޮކް އާއި ޔޫޓިއުބު އަކީ ގިނަ ކަސްޓަމަރުންތަކެއް ބޭނުންކުރާ މަގުބޫލު ސްޓްރީމިން ޕްލެޓްފޯމްތަކެއް ކަމުން، މި ޑޭޓާ ޕެކްތަކަކީ ކަސްޓަމަރުންނަށް ފަސޭހަކަމާއެކު، މެދުކެނޑުމެއްނެތި ކޮންމެ ވަގުތަކު ވެސް ޓިކްޓޮކް އަދި ޔޫޓިއުބް ކޮންޓެންޓް ހެޔޮ އަގުގައި ބަލާލުމަށް މަގުފަހިކޮށްދޭ ޑޭޓާ ޕެކްތަކެކެވެ. އަލަށް ތައާރަފްކުރި ޑޭޓާ ޕެކްގެ އިތުރުން، އުރީދޫ ފްލިކްސް ޕެކް ނަންގަވާ ފަރާތްތަކަށް ނެޓްފްލިކްސް، އައިފްލިކްސް، ޓިކްޓޮކް، ސައުންޑްކްލައުޑް، ސްޕޮޓިފައި، ސޮނީލިވް އަދި މީޑިއާނެޓް އެމްއެސް އެޕް ގެ ކޮންޓެންޓް ބައްލަވާލެވޭނެއެވެ.

އަލަށް ތައާރަފުކުރި ހުރިހާ ޓިކްޓޮކް އަދި ޔޫޓިއުބް ޑޭޓާ ޕެކްތަކާ ބެހޭ އިތުރު މައުލޫމާތު http://ore.do/streaming މިލިންކުން ލިބިވަޑައިގަންނަވާނެއެވެ. މީގެއިތުރުން ޓިކްޓޮކް އަދި ޔޫޓިއުބް ޑޭޓާ ޕެކް http://ore.do/app ލިންކް މެދުވެރިކޮށް އެކްޓިވޭޓް ކުރެވޭނެވެ.

ޓެގު