English Edition
Dhivehi Edition

ރައްޔިތުންގެ މަޖިލިހުގެ މެމްބަރުން އެއް ބަޔަކު އަނެއް ބަޔަކަށް, އިލްޒާމުތައް އެޅުވުމުން މަޖިލީހުގެ ހައިބަތު ދަށްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

އިންޑިއާގެ އެއްބަސްވުންތައް ދިރާސާކޮށް ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އިން އެކުލަވާލި ރިޕޯޓްގެ ބަހުސްގެ ތެރެއިން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީ އާއި އިދިކޮޅު ކޯލިޝަނުގެ މެމްބަރުގެ މެދުގައި ވަނީ ބަހުގެ ހޫނު ހަމަލާތަކެއް ބަދަލުކުރެވިފައެވެ، މިގޮތުން މި އެއްބަސްވުމާއި މެދު އެމްޑީޕީގެ މެމްބަރުން ހިތްހަމަޖެހޭކަމަށް ވިދާޅުވެފައިވާއިރު މި އެއްބަސްވުމަށް އިދިކޮޅުން ވަނީ ވަރަށް ބޮޑު ފާޑުކިޔާފައެވެ.

މި ބަހުސްގައި ރައީސް ނަޝީދު ވިދާޅުވީ އެއްބަސްވުންތައް މެމްބަރުންނަށް ފެނިވަޑައިގެންފައިވާކަމަށާއި އޭގައިވާ އެއްޗަކަށް އެއްބަސްވުމާއި އެއްބަސްނުވުން އެއީ އެހެން ކަމެއްކަމަށެވެ. މި އެއްބަސްވުން ޕްރެޒެންޓޭޝަނަކުން ދައްކާފައިވަނީ ކޮންމެ އަކުރެއް އަދި ކޮންމެ މާއްދާއަކާއި ގުޅޭ ގޮތުން މެމްބަރުން ދިރާސާކުރުމަށް ފަސޭހައަކަށް ކަން ރައީސް ނަޝީދު ވަނީ ފާހަގަކުރައްވާފައެވެ،

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ އެކަކު އަނެކަކަށް އިލްޒާމުތައް އެޅުވުމުން މަޖިލީހުގެ ހައިބަތު ދަށްވެގެން ދާނެކަމަށެވެ.