English Edition
Dhivehi Edition
ފޮޓޯ: ވައިލްޑްސްޓޯން ކޯޑް ޏ. އެފް.އެސް.ސީ.އެސް.ސީ ހޭންޑްބޯލް ޗެލެންޖް 2021 މުބާރާތުގެ ރެފްރީން.

ޏ. ފެމެލީ އެންޑ ޗިލްޑްރަން ސަރވިސް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ ވައިލްޑްސްޓޯން ކޯޑް ޏ.އެފް.ސީ.އެސް.ސީ ހޭންޑްބޯލް ޗެލެންޖް 2021 ފަށަައިފިއެވެ.

މި މުބާރާތް ފެށުމުގެ ގޮތުން އިއްޔެ ހަވީރު ފުވައްމުލަކު ސްޓޭޑިއަމްގެ ހޭންޑްބޯޅަ ކޯޓުގައި ބޭއްވި ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ފުވައްމުލަކު ދެކުނު ދާއިރާގެ މަޖިލިސް މެމްބަރު މުމްތާޒު މުހައްމަދު އެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމުން ވަނީ ބައިވެރިވެފައެވެ.

  • ހާފިޒު އަހުމަދު ސްކޫލު (ހޭޒް)
  • ޏ. އަމާން ވެށި
  • ފުވައްމުލަކު ޕޮލިސް ސްޓޭޝަން
  • ފުވައްމުލައް ކައުންސިލް
  • ޏ.އަތޮޅު ތައުލީމީ މަރުކަޒު (ޏ.އޭއީސީ)
  • އެމްޖޭއެސް
  • ފުވައްމުލައް ސްކޫލް (އެފްއެސް)
  • ބްރައިޓް ވޭ އިންޓަނޭޝަނަލް ސްކޫލް

މި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތުގައި އެކުވެރިކަމުގެ މެޗެއް ކުޅެފައިވާއިރު މި މެޗުގައި ބައްދަލުކުރީ ޏ.ފެމިލީ އެންޑް ޗިލްޑްރެން ސެންޓަރުގެ ޓީމަކާއި ޏ.އޭއީސީގެ ޓީމެކެވެ.

މި މުބާރާތަކީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މުބާރާތެކެވެ. މި މުބާރާތަކީ ފުވައްމުލަކު އޮފީސް/ކުންފުނިތަކުގެ މެދުގައި 27 ނޮވެމްބަރުން ފެށިގެން 4 ޑިސެމްބަރުގެ ނިޔަލަށް ކުރިއަށް ގެންދާ މުބާރާތެކެވެ