English Edition
Dhivehi Edition
ފޮޓޯ: ވައިލްޑްސްޓޯން ކޯޑް ޏ.އެފް.ސީ.އެސް.ސީ ހޭންޑްބޯލް ޗެލެންޖް 2021

ޏ. ފެމެލީ އެންޑ ޗިލްޑްރަން ސަރވިސް ސެންޓަރުން އިންތިޒާމުކޮށްގެން ބާއްވާ ވައިލްޑްސްޓޯން ކޯޑް ޏ.އެފް.ސީ.އެސް.ސީ ހޭންޑްބޯލް ޗެލެންޖް 2021ގެ ޗެމްޕިއަންކަން ފުވައްމުލަކު ޕޮލިސް ޓީމުން ހޯދައިފިއެވެ.

މި މުބާރާތުގެ ފައިނަލުގައި އެމްޖޭއެސް އާއި ވާދަކޮށް ފުވައްމުލައް ޕޮލިސް ޓީމުން މުބާރާތް ކާމިޔާބުކޮށްފައިވަނީ 9 ލަނޑު 7 ލަނޑުންނެވެ. ކުޅުނު އެއްވެސް މެޗަކުން ބަލިނުވެ ޕޮލިސް ޓީމުން މި މުބާރާތް ކާމިޔާބުކޮށްފައިވާއިރު، އިއްޔެ ކުޅުނު ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ފާތުމަތު މާޔާއެވެ.

މި މުބާރާތުގެ ފައިނަލަށް ފުވައްމުލަކު ޕޮލިސް ޓީމު ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ބްރައިޓްވޭ ޓީމާއި ބައްދަލުކޮށް މޮޅުވެގެންނެވެ.އަދި އެމްޖޭއެސް ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލްގައި ހޭޒްގެ ޓީމާއި ވާދަކޮށެވެ،

މި މުބާރާތުގެ ނިންމުމުގެ ރަސްމިއްޔާތުގައި، މުބާރާތުގެ ވަނަތަކަށް އައި ޓީމްތަކަށް ވަނީ ހަނދާނީ ލިޔުމާއި، އިނާމް ހަވާލުކޮށްފައެވެ.

މި މުބާރާތަކީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބޭއްވި މުބާރާތެކެވެ. މި މުބާރާތުގައި ޖުމްލަ 8 ޓީމުން ވަނީ ބައިވެރިވެފައެވެ.