English Edition
Dhivehi Edition

ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި ހަރަކާތްތެރިވާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތައް ހޮވުމަށް ކޮންމެ އަހަރަކު ބާއްވާ ‘ގޯލްޑް 100’ އެވޯޑް ހެޕީ މާކެޓަށް ލިބިއްޖެއެވެ.

ވިޔަފާރި މަޖައްލާ ކޯޕަރޭޓް މޯލްޑިވްސް އިން ރާއްޖޭގެ ވިޔަފާރީގެ ދާއިރާގައި މަސައްކަތްކުރާ ކުންފުނިތަކުގެ ތެރެއިން އެންމެ ކުރިއަރާފައިވާ ކުންފުނިތަކަށް ދޭ ގޯލްޑް 100 އެވޯޑު ދިނުމުގެ ހަފްލާ ބާއްވާފައިވަނީ ކ. އެނބޫދޫފަޅުގައި ތަރައްގީކޮށްފައިވާ ކްރޮސްރޯޑްސްގަ އެވެ. ވިޔަފާރިތަކާއި ކުންފުނިތަކުގެ އެންމެ އިސްވެރިން ބައިވެރިވި މި ހަފްލާގައި ހެޕީ މާކެޓްގެ ފަރާތުން މި އެވޯޑާއި ހަވާލުވީ ކުންފުނީގެ ސީއީއޯ އަލީ އިހުސާން އެވެ.

28 އަހަރަށް ވުރެ ދިގު މުއްދަތަކަށް ކާނާގެ ގިނަ ބާވަތްތަކެއް ރާއްޖެއެތެރެކޮށް މާކެޓް ކުރަމުން އަންނަ ހެޕީ މާކެޓަކީ ފިނިކުރި ކާނާގެ ބާވަތްތައް ނުވަތަ ފްރޯޒަން ގުޑްސް އެންމެ ފުޅާ ދާއިރާއެއްގައި ރާއްޖޭގައި ވިއްކަމުން އަންނަ ކުންފުންޏެވެ. އެ ކުންފުނީގެ ވިޔަފާރިތައް ފުޅާކޮށް މާލެ ސަރަހައްދުގެ އިތުރުން ކުޅުދުއްފުށްޓާއި އައްޑޫ ސިޓީގައި ވެސް ހެޕީ މާކެޓްގެ އައުޓްލެޓްތަކެއް ހުޅުވާފައިވާއިރު، އެ ކުންފުނިން ވަނީ ފާއިތުވި އަހަރުތަކުގެ ތެރޭގައި ރާއްޖޭގެ ވިޔަފާރީގެ ދާއިރާއަށް ބޮޑު އިންގިލާބީ ބަދަލުތަކެއްވެސް ގެނެސްފައެވެ.

މި ގޮތުން 2020 ވަނަ އަހަރު ހެޕީ މާކެޓުން ވަނީ ކަސްޓަމަރުންނަށް އެ ކުންފުނިން ވިއްކާ އުފެއްދުންތައް ތަޖުރިބާ ކުރުވަން އެކްސްޕީރިއަންސް ސެންޓަރެއްވެސް ހުޅުވާފައެވެ. މި އެކްސްޕީރިއަންސް ސެންޓަރުގެ މައިގަނޑު ބޭނުމަކީ އެ ކުންފުނިން ވިއްކާ ހުރިހާ އުފެއްދުންތަކެއް ތަނަވަސް މާހައުލެއްގައި ކަސްޓަމަރުންނަށް ފެނި، ތަފާތު އެކި ބާވަތްތަކުގެ އުފެއްދުންތައް ތަޖުރިބާކޮށް، ކައިރިން ބަލައިލުމުގެ ފުރުސަތު ހޯދައިދިނުމުގެ

މީގެ އިތުރުން ވައި ތައައްޔަރުވުމުގެ ސަބަބުން ތިމާވައްޓަށް ކުރާ ނޭދެވޭ އަސަރުތަށް ކުޑަކުރުމުގެ ބޭނުމުގައި “ހެޕީ މާކެޓް ގްރީން ފްލީޓް” ގެ ނަމުގައި ތަފާތު 3 ވައްތަރެއްގެ ވެހިކަލެއް ރާއްޖެއަށް ތައާރަފުކޮށް ބޭނުން ކުރަން ފަށާފައެވެ. ކޮވިޑް19 އާއި ގުޅިގެން ރާއްޖެއަށް ކުރިމަތިވި އުދަގޫ ދަނޑިވަޅުގައިވެސް އެ ކުންފުނިން ވަނީ ރާއްޖޭގެ އެކި އަތޮޅުތަކަށް ބޮޑެތި އެހީތެރިކަން ފޯރުކޮށްދީފައެވެ.