English Edition
Dhivehi Edition
ދިވެހި ޒުވާނުންތަކެއް - ފޮޓޯ: ޔޫއެންޑީޕީ މޯލްޑިވްސް

މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އައްޑޫ ސިޓީ ކައުންސިލާއި ދިވެހި ފުލުހުން ގުޅިގެން ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ‘ލާމަސީލު ޒުވާނާ ކޭމްޕް’ ގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

އައްޑޫ ސިޓީ ހިތަދޫގައި. 26 ޑިސެންބަރ 2021 އިން ފެށިގެން ދެ ހަފްތާގެ މުއްދަތަށް ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ކޭމްޕްގައި ޢުމުރުން 18 އަހަރާއި 25 އަހަރާއި ދެމެދުގެ ޒުވާނުންނަށް ބައިވެރިވުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ. މި ކޭމްޕްގެ މަގްސަދަކީ ޒުވާނުންނަކީ ކިޔަމަންތެރި ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާޤު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުންކަމަށް ޔޫތު މިނިސްޓްރީން ވަނީ ބުނެފައެވެ.

އައްޑޫ ސިޓީ، ފުވައްމުލައް އަދި ހުވަދުއަތޮޅަށް ހުޅުވާލައިގެން ކުރިއަށް ގެންދާ މި ކޭމްޕުގައި ބައިވެރިވުމަށް އެދި ފޯމް ހުށަހަޅާ ޒުވާނުންގެ ތެރެއިން ޝޯޓް ލިސްޓު ކުރެވޭ 130 ބައިވެރިޔަކަށް ފުރުޞަތު ދޭގޮތަށްވަނީ ހަމަޖެހިފައެވެ. މިއީ ދެޖިންސުގެ ޒުވާނުންނަށް ހުޅުވައިލެވިގެން ކުރިއަށް ގެންދެވޭ ކޭމްޕެކެވެ.

ޔޫތު މިނިސްޓްރީން ކުރި އިއުލާނުގައި ވަނީ ކޭމްޕުގައި ބައިވެރިވުމަށް އެދޭ ފޯމް https://forms.gle/sj8d7a7F1jpNbpV68 ލިންކުންނާއި އަދި މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓް، މާފަންނު އިޖުތިމާޢީ މަރުކަޒު، އައްޑޫ ސިޓީ ކައުންސިލް އިދާރާ ފުވައްމުލަކު ސިޓީ ކައުންސިލް އިދާރާ ތަކުންނާއި ދެކުނު އަތޮޅުތަކުގައި ޤާއިމްކުރެވިފައިވާ އިޖުތިމާޢީ މަރުކަޒުތަކުން ލިބެން ހުންނާނެ ކަމަށެވެ. މި ފޯމް ހުށަހެޅުމުގެ ސުންގަޑިއަކީ 30 ނޮވެންބަރ 2021ގެ މެންދުރު 14:00އެވެ. މި ފޯމާއިއެކު އައިޑީ.ކާޑުގެ ކޮޕީ އަދި ޕާސްޕޯޓް ސައިޒުގެ ފޮޓޯއެއް ހުށަހެޅުމަށް މިނިސްޓްރީން ވަނީ އެދިފައެވެ.