English Edition
Dhivehi Edition
ފޮޓޯ: ފޮލިސް މީޑިއާ

މިނިސްޓްރީ އޮފް ޓޫރިޒަމް އާއި ފުލުހުން އަދި ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަން ގުޅިގެން ޓުއަރިޒަމް ސެކްޓަރ ސެކިއުރިޓީ ވޯކްޝޮޕެއް ކުރިއަށް ގެންގޮސްފިއެވެ.

މި ވޯކްޝޮޕް ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ މިނިސްޓަރ އޮފް ޓޫރިޒަމް ޑރ. ޢަބްދުﷲ މައުސޫމް އެވެ. މި ރަސްމިއްޔާތުގައި، ކޮމިޝަނަރ އޮފް ޕޮލިސް މުޙައްމަދު ޙަމީދު އާއި، ދިވެހިރާއްޖޭގައި ހުންނަ އިނގިރޭސިވިލާތުގެ ހައި ކޮމިޝަނަރ ހަރ އެކްސެލެންސީ ކެރޮން ރޮސްލާ އާއި، ނޭޝަނަލް ކައުންޓަރ ޓެރަރިޒަމް ސެންޓަރުގެ ޑައިރެކްޓަރ ޖެނެރަލް، ބްރިގޭޑިއަރ ޖެނެރަލް ޒަކަރިއްޔާ މަންޞޫރު ބައިވެރިވެލެއްވިއެވެ.

އިއްޔެ ދަ މެރީނާ އެޓް ކްރޮސްރޯޑްސް މޯލްޑިވްސްގައި ކުރިއަށް ގެންދިޔަ ވޯކްޝޮޕްގައި ފަތުރުވެރިކަމުގެ ސިނާއަތުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމާއި ދާއިރާގެ ސަލާމަތްތެރިކަން ބެލެހެއްޓުމަށް ބޭނުންވާނެ ފުރިހަމަ މައުލޫމާތު ވަނީ ހިއްސާކޮށްފައެވެ. މި ވޯކްޝޮޕްގައި މާލެ ސަރަހައްދުގައި ފަތުރުވެރިންނަށް ހިދުމަތްދެމުން އަންނަ 59 ފަރާތަކުން ވަނީ ބައިވެރިވިއެވެ.