English Edition
Dhivehi Edition
2021 ވަނަ އަހަރުގެ ‘ލާމަސީލު ޒުވާނާ ކޭމްޕް’ ހިންގުމަށް އެއްބާރުލުން ދިނުމާއި އެހީތެރިކަން ފޯރުކޮށްދީ އެކުގައި މަސައްކަތް ކުރުމާއި ގުޅޭގޮތުން މިނިސްޓްރީ އޮފް ޔޫތް، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓާއި، އައްޑޫ ސިޓީ ކައުންސިލާއި ދިވެހި ފުލުހުންގެ ޚިދުމަތާއިމެދު އެއްބަސްވެވޭ ފަހުމުނާމާގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އައްޑޫސިޓީ ކައުންސިލްގެ ފަރާތުން ސޮއިކުރެއްވެވީ އައްޑޫސިޓީގެ މޭޔަރ އަލީ ނިޒާރެވެ.
ލާމަސީލު ޒުވާނާ ކޭމްޕަކީ މިނިސްޓްރީ އޮފް ޔޫތު، ސްޕޯޓްސް އެންޑް ކޮމިއުނިޓީ އެމްޕަވަރމަންޓްގެ ފަރާތުން ޒުވާނުން ބިނާކުރުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ކުރިޔަށް ގެންދިޔުމަށް ނިންމާފައިވާ ކޭމްޕެކެވެ.
މި ކޭމްޕުގެ މަޤްޞަދަކީ ޒުވާނުންނަކީ ޒިންމާދާރު ހަރުދަނާ ސިފަވަންތަ، ޤައުމިއްޔަތާއި ދީނަށް ލޯބިކުރާ، މަސައްކަތު މާޙައުލަށް ޝައުޤުވެރި، މަސައްކަތުގެ އަޚުލާގު ދަމަހައްޓާ، ނަމޫނާ ބަޔަކަށް ހެދުމެވެ.
ނިމިގެން ދިޔަ 2020 ވަނަ އަހަރުވެސް މި ކޭޕްމް ކުރިއަށް ގެންގޮސްފައިވާއިރު އެ ޕްރޮގްރާމުގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ޖުމުލަ 81 ޒުވާނުން ވަނީ ބައިވެރިވެފައެވެ. މިދިޔަ އަހަރުގެ ކޭމްޕު ކުރިއަށް ގެންގޮސްފައިވަނީ ދ.ވާނީގައެވެ.