English Edition
Dhivehi Edition

މަހިންދަ ރާޖަޕަކްސަ ޓްރޮފީ މުބާރާތުގައި ރާއްޖެ އާއި ސްރީ ލަންކާ ކުޅޭ މެޗު ، މޫސުމް ގޯސްވުމުގެ ސަބަބުން މާދަމާ ހަވީރަށް ބަދަލުކޮށްފި އެވެ.

މުބާރާތް ހުޅުވުމުގެ ގޮތުން ކުޅުމަށް ހަމަޖެހިފައި އޮތް ލަންކާ އާއި ދިވެހިރާއްޖެ މެޗް ފަސްކުރިއިރު، މިމުބާރާތުގެ ފުރަތަމަ މެޗްގައި މިއަދު ހަވީރު ކުޅުމަށް ތާވަލްކުރި ބަންގްލަދޭޝް އާއި ސީޝެލްސް މެޗްވެސް ވަނީ މޫސުން ގޯސްވުމުގެ ސަބަބުން މާދަމާއަށް ފަސްކޮށްފައެވެ.

މިމުބާރާތުގައި ރާއްޖޭގެ އިތުރުން ވާދަކުރަނީ ސްރީލަންކާ، ބަންގްލަދޭޝް އަދި ސީޝެލްސްއެވެ. މި މުބާރާތުގައި ރާއްޖެ ކުޅޭ ދެ ވަނަ މެޗުގައި މި މަހުގެ 11 ވަނަ ދުވަހު ބަންގްލަދޭޝް އާއި ވާދަކުރާއިރު ތިން ވަނަ މެޗުގައި މިމަހުގެ 14ވަނަ ދުވަހު ނިކުންނާނީ ސީޝެލްސްއާއި ދެކޮޅަށެވެ. މުބާރާތުގެ ފައިނަލަށް މެޗް ކުޅުމަށް ހަމަޖެހިފައިވަނީ މިމަހު 19 ވަނަ ދުވަހުއެވެ.

ލަންކާ އާއި ރާއްޖެ މެޗް ފަސްކޮށްފައިވާއިރު، މިމެޗް ޝަރަފުވެރިކޮށް ދެއްވުމަށްޓަކައި ރާއްޖޭގެ ރައީސުލްޖުމްހުރިއްޔާ އިބްރާހީމް މުޙައްމަދު ސާލިހު ވަނީ ލަންކާއަށް ވަޑައިގެންފައެވެ.

ލަންކާގެ ބޮޑު ވަޒީރު މަހިންދަ ރާޖަޕަކްސަގެ ނަންފުޅަށް ނިސްބަތް ކުރި މުބާރާތް ހުޅުވުމުގެ ރަސްމިއްޔާތަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އެ ގައުމަށް ވަޑައިގަތީ ރައީސް ގޯޓާބޭ ރާޖަޕަކްސަ ދެއްވި ދައުވަތަކަށެވެ.

ލަންކާގެ މޫސުން ގޯސްވެ އެގައުމަށް ބޯކޮށް ވާރޭ ވެހޭތާ މިހާރު ވަނީ ހަފްތާއަކަށް ވުރެއް ގިނަ ދުވަސްވެފައެވެ. އަދި އެގައުމަށް ބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ބައެއް ސަރަހައްދުތަކުގައި ވަނީ ފެންބޮޑުވެފައިވެއެވެ.

 

1 ކޮމެންޓް
ގައުމީ ޓީމާއެކު
ނޮވެމްބަރު 9, 2021
މިޔަދު އަނެއްކާވެސްލަސްވީތަ