English Edition
Dhivehi Edition
ފޮޓޯ: ޕީއެސްއެމް

އަވަށްޓެރި ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ ތަހުނިޔާ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިޙް، ފޮނުއްވައިފި އެވެ.

ރައީސް ސާލިޙް ކުރެއްވި ޓްވީޓުގައި ވަނީ ރާއްޖެއަކީ އަބަދުވެސް ސްރީލަންކާގެ އެންމެ ގާތް ރަހުމަތްތެރިޔާގެ ގޮތުގައި ފާހަގަކުރައްވާފަ އެވެ. އަދި ކުރިއަށްއޮތް ތަނުގައިވެސް ދެ ޤައުމުގައި ދެމެދުގައި އޮތް އަހުވަންތަ ގުޅުން އިތުރަށް ބަދަހިވަމުންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށް ވެސް ވަނީ ވިދާޅުވެފަ އެވެ.

ރައީސް ސާލިހުގެ ޓްވީޓުގައި ސްރީލަންކާގެ 75 ވަނަ މިނިވަން ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ރައްޔިތުންނަށް ތަހުނިޔާއާއި ހެޔޮއެދުންތައް ވެސް ވަނީ ފޮނުއްވާފަ އެވެ.

ލަންކާގެ މިނިވަންދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދު ވަނީ މިމަހުގެ 2 ވަނަ ދުވަހު ސްރީލަންކާއަށް ވަޑައިގެންފަ އެވެ.

މި ދަތުރުފުޅުގައި މިނިވަން ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމުގެ އިތުރުން، ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހައާއި އެ ޤައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނަ އަދި އެ ޤައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީއާ ޝާހިދު ބައްދަލުކުރައްވާނެ އެވެ.

ޝާހިދުގެ ދަތުރުފުޅުގައި ލަންކާގައި އުޅޭ ދިވެހިންނާއިވެސް ބައްދަލުކުރައްވާނެ އެވެ.