English Edition
Dhivehi Edition
ހުޅުދޫ ބަހާއުއްދީން މަގު ފޮޓޯ: އީމާން

ކޮވިޑަށް ފަރުވާ ކުރަމުން ދިޔަ މީހަކު އައްޑޫސިޓީން ނިޔާވެއްޖެއެވެ.

އައްޑޫ އެމަޖެންސީ އޮޕަރޭޝަންސް ސެންޓަރ އޭއީއޯސީން ވިދާޅުވީ އައްޑޫ ކޮވިޑް ފެސިލިޓީގައި ކޮވިޑަށް ފަރުވާ ހޯދަމުން ދިޔަ މީހަކު ނިޔާވެފައިވާ ކަމަށެވެ. މިއަދު 11.46 ގައި ނިޔާވި މިމީހާއަކީ ޢުމުރުން 87 އަހަރުގެ އަންހެނެކެވެ.

މިއީ އައްޑޫން މިބަލީގައި މިހާތަނަށް ނިޔާވި 10 ވަނަ މީހާއެވެ. މިދިޔަ މަހު އެކަނިވެސް 5 މީހަކު އައްޑޫން ވަނީ މިބަލީގައި ނިޔާވެފައެވެ.