English Edition
Dhivehi Edition
ފުވައްމުލައް ސިޓީގައި ކުރިއަށް ދިޔަ ހޭންޑްބޯލް މުބާރާތް 2020 ފޮޓޯ: ފޭސްބުކް

ޏ. ފެމެލީ އެންޑ ޗިލްޑްރަން ސަރވިސް ސެންޓަރުން އިންތިޒާމުކޮށްގެން އަންހެނުންގެ ހޭންޑްބޯޅަ މުބާރާތެއް ފުވައްމުލައް ސިޓީގައި ބޭއްވުމަށް ނިންމައިފިއެވެ.

އެ ސެންޓަރުން ކުރި އިއުލާނެއްގައި ބުނީ މި މުބާރާތަކީ އަންހެނުންނަށް ކުރާ އަނިޔާ އާއި ދެކޮޅަށް ހިންގޭ 16 ދުވަހުގެ ހަރަކާތްތަކުގެ ތެރެއިން ބާއްވާ މުބާރާތެއް ކަމަށެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ފުވައްމުލަކު އޮފީސް/ކުންފުނިތަކުގެ މެދުގައެވެ.އެ ސެންޓަރުން ބުނީ މުބާރާތް ކުރިއަށް ގެންދިއުމަށް ނިންމާފައިވަނީ 27 ނޮވެމްބަރުން ފެށިގެން 4 ޑިސެމްބަރުގެ ނިޔަލަށް ކަމަށެވެ.

މި މުބާރާތުގައި ބައިވެރިވުމަށް އެދޭ އޮފީސް/ކުންފުނި ތަކުން މުބާރާތުގައި ބައިވެރިވުމަށް އެދި ފޯމު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ 10 ނޮވެމްބަރު 2021 ވާ ބުދަ ދުވަހުއެވެ. މި މުބާރާތުގައި ބައިވެރިވާ ޓީމްތަކުގެ، ޓީމް ލިސްޓު ހުށަހަޅަންޖެހޭ އެންމެ ފަހުގެ ތާރީހަކީ 21 ނޮވެމްބަރު 2021 ވާ އާދިއްތަ ދުވަހެވެ.

ފުވައްމުލައް ސިޓީ އަކީ މިހާރުވެސް ވަރަށް ފޯރި އާއި އެކު ހޭންޑްބޯޅަ ކުޅެމުން އަންނަ ސިޓީއެވެ. މި ގޮތުން ރާއްޖޭގެ އެކި ހިސާބުތަކުގައި ބާއްވާ މުބާރާތްތަކުގައި އެ ރަށުގެ ގިނަ އަދަދެއްގެ ޒުވާނުން ބައިވެރިވާކަން ފާހަގަކޮށްލެވެއެވެ. މީގެ އިތުރުން މުބާރާތާއި ބެހޭ އިތުރު މައުލޫމާތު ސާފުކުރުމަށް 3027649 އަށް ގުޅުމަށް ޏ. ފެމެލީ އެންޑ ޗިލްޑްރަން ސަރވިސް ސެންޓަރުން ވަނީ އެދިފައެވެ